ފެހެންދޫ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ފަށައިފި

32

ބ.ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ ( އެމްޓީސީސީން) ހާމަކުރެއްވި ގޮތުގައި މި މަޝްރޫގެ ދަށުން 214 ސަރަހައްދެއްގައި އެއްގަމުތޮށި ލައި 130 މީޓަރު ސަރަހައްދެއްގައި ބޭރުތޮށިލާނެއެވެ.

ބަނދަރު ތަރައްގީކުރުމަށް ހިންގާ މި މަޝްރޫއުގެ ދަށުން ފެހެންދޫގެ  25000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 18500 މީޓަރު ސަރަހައްދެއްގެ ފަޅު ފުންކުރުމުގެ އިތުރުން އިތުރުން 282 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމަށް ވަނީ ނިންމާފަ އެވެ.

މަގުބައްތި އާއި ނެރުބައްތި ހަރުކޮށް 558 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގައި ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ ޖުމްލަ  49.66 މިލިއަންރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީ އާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ