އެއަރޕޯޓްތައް ހިންގުމަށް ކުންފުންޏެއް އުފައްދައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އެއަރޕޯޓްތައް ތަރައްގީކޮށް ހިންގުމަށް “ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް“ގެ ނަމުގައި ކުންފުންޏެއް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދައިފި އެވެ.

ރައިސް އޮފީހުން ބުނީ މި ކުންފުނި ހެދުމުގެ މަގްސަދަކީ ސަރުކާރުން ހިންގަމުންގެންދާ ސަރަހައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގުމަށާއި ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށްޓަކައި ކަމަށެވެ.

މީގެ ކުރިން އެއަރޕޯޓްތައް ބަލަހައްޓަމުން އައީ ރީޖަނަލް އެއަރޕޯޓްސް އެތޯރިޓީ އިންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާ އެކު ރާއްޖޭގައި 16 އެއަރޕޯޓެއް ހިންގަމުން ގެންދައެވެ. އޭގެ ތެރެއިން ބައެއް އެއަރޕޯޓްތައް އަމިއްލަ ކުންފުނިތަކުން ހިންގަމުންގެންދާއިރު ބައެއް އެއަރޕޯޓްތައް ހިންގަނީ ސަރުކާރުހިއްސާވާ ކުންފުނިތަކުންނެވެ.

މި އަހަރުތެރޭވެސް ސަރުކާރުން ވަނީ ހަތަރު އެއަރޕޯޓެއް ހުޅުވާފައެވެ. އެއީ ހޯރަފުށީ އެއަރޕޯޓާއި ށ.ފުނަދޫ އެއަރޕޯޓާއި ޅ. މަޑިވަރު އެއާޕޯޓްގެ އިތުރުން ގދ. މާވަރުލު އެއާޕޯޓެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް