އެމްޕީއެލް އިން ނަގާ ސާރޗާރޖު ތިރީސް ޕަސަންޓް ކަނޑާލައިފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ( އެމްޕީއެލް) އިން ނަގަމުންގެންދާ ބައެއް ފީތަކަށް ގެނައި ބަދަލަށް އަމަލުކުރުން އެކުންފުނިން ފަސްކޮށްފި އެވެ.

 

އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެކުންފުނިން ރޭގަނޑު 11 އިން ހެނދުނު 7:30 އާ ދެމެދު ދެވޭ ޚިދުމަތުގެ ގޮތުގައި ނަގަމުން އަންނަ 30 ޕަސެންޓް ޗާޖާއި ހޭންޑްލިންގ އެންޑް ފޯވެޖް ޗާޖަށް ބަދަލުގެނެސްް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެކަމަށް އިއުލާން ކުރި ކުރުމަށް މިހާރު ވަނީ ބަދަލުގެނެސްފައެވެ.

 

އެކުންފުނިން ވިދާޅުވީ މި ބަދަލުތަކުގެ ތެރެއިން ހޭންޑްލިންގ އެންޑް ފޯވެޖް ޗާޖަށް ގެނައި ބަދަލުތަކަށް އަމަލުކުރަން ފަށާނީ މިއަންނަ މަހު އެކަކުން ފެށިގެންނެވެ.

 

ރޭގަނޑު ނަގާ 30 ޕަސެންޓް ސަރޗާޖް އުވާލުމަށް އެމްޕީއެލް އިން ނިންމާފއިަނީ ރާއްޖެއަށް ގެންނަ މުދާ ކްލިއަރކުރަންް އެޖެންޓުން ތަފާތު އެކިއެކި ނަންނަމުގައި ޑެލިވަރީ އޯޑަރަށް ފީތަކެއް ނަގަމުން އަންނާތީ ވިޔާފާރިވެރިންގެ ޝަކުވާތަށް އިތުރުވެ ޓްރާންސްޕޯޓް އޮތޯރިޓީންވެސް ޑީއޯ ޗާރޖަސް އަށް ގިނަވެގެން ނެގޭނެވަރު ރެގިއުލޭޓްވެސް ކުރެވިފައިވަނިކޮށެވެ. މިބަދަލާއިއެކު ސިޕިންގް އެޖެންޓުން މުދާދޫކުރުމަށް ޑެެލިވަރީ އޯޑަރު ދޫކުރާއިރު ކޮންސައިނީގެ އަތުންނަގަމުންދާ ނަހަމަ ގިނަޗާރޖަސްތަކަށް ޙައްލެއްލިބޭނެކަމަށް އުންމީދުކުރެއެވެ.

މި ޑީއޯ ދޫކުރުމުގައި ނުހަމަ ގޮތުގައި އެމްޕީއެލް އިން އިތުރަށް ނަގާ ޗާރޖަސްކަމަށް ބުނެ ބޯޓުފަހަރުގެ އެޖެންޓުން ނަގަމުންދާ ގިނަ ޢަދަދުތަކުކގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރާ ގިނައަދެއްގެ ވިޔަފާރަވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް މި މައްސަލަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވި މިހާރުވަނީ ރެގިއުލޭޓުކުރެވިފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެފަދަ އެޖެންޓުން އަދިވެސް ދަނީ ނަހަމަ ގޮތުގައި ޑީއޯ ޗާރޖަސްތައްނަގަމުންނެވެ. އެމްޕީއެލް އިން 30% ސަރޗާރޖު ނުނަގާގޮތަށް ހަމަޖެއްސުމުން އިތުރު ހެޔޮބަދަލެއް އަންނާނެކަމަށް ވިޔާފާރިވެރިން އުންމީދުކުރެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް