ތިން ރަށެއްގެ ބަނދަރު ހެދުމަށް ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

ބ. އަތޮޅުގެ ތިން ރަށެއްގެ ބަނދަރު ހެދުމަށް 108.3 މިލިއަން ރުފިޔާއަށް އެމް.ޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. އެމްޓީ ހޯގާޑް ޕްރައިވެޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒަމީރެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ހެނދުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ކުޑަރިކިލު، ކިހާދޫގެ އިތުރުން ދޮންފަނެވެ.

ބަނދަރު ހެދުމުގެ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 381 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫގެ ތެރޭގައި ބަނދަރުފުންކުރުމާއި، ނެރުފުންކުރުން، އެއްގަމު ތޮށިލުމާއި ބޭރުތޮށިލުން ހިމެނެއެވެ. އަދި މީގެ އިތުރުން ނެރުބައްތި އަދި ބަނދަރު ބައްތިހަރުކުރުމާއި ޕޭވްމަންޓް ހެދުމުގެ އިތުރުން މޫރިން ބްލޮގްސް ޖެހުން އަދި ރިވެޓްމަންޓް ޖެހުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއަށް ފަންޑުކުރުމަށް ހަމަޖެހިފައިވަނީ އޯޕެކް ފަންޑު ފޯ އިންޓަނޭޝަނޭޝަނަލް ޑިވެލޮޕްމަންޓް ( އޮޕިޑް) އިންނާއި ސަރުކާރުގެ ބަޖެޓުންކަމަށެވެ.

މި މަޝްރޫއަށް އޮޕިޑް އިން 77 އިންސައްތަ ޚަރަދުކުރާއިރު ބާކީ އޮތް 23 އިންސައްތަ ޚަރަދުކުރަނީ ސަރުކާރުންނެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް