އަވައްޓެރި އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަފްތާ އަކު ފަސް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ވާގޮތުން މި މަހު ތިންވަނަ ދުވަހުން ފެށިގެން އިންޑިގޯ އެއަރލަިންސް އިން އިންޑިއާގެ ކޮޗިން އާއި މާލެ އާދެމެދު ހަފްތާއަކު ދެ ދަތުރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މިމަހު 10 އަކުން ފެށިގެން މާލެ އާއި ޓްރަވިންޑްރަމާއި ދެމެދުގައި އިތުރު ދެ ފަލއިޓެއް ބޭއްވުމަށް ރާއްޖޭގެ ގައުމީ އެއާރލައިން މޯލްޑިވިއަނުން ތާވަލް ކޮށްފައި ވެއެވެ.
އިންޑިއަން ހައިކޮމިިޝަނުން ވިދާޅުވީ އިންޑިއާ އާއި ރާއްޖެ އާ ދެމެދު މިފެށި ދަތުރުތަކަކީ އެއާރޓްރަވެލް ބަބަލްގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކެއްކަމަަށެވެ.
ރާއްޖެއާއި އިންޑިއާ ދެމެދު ޓްރަވެލް ބަބަލް އެއް ރަސްމީކޮށް ގާއިމް ކޮށްފައިވަނީ މިދިޔަ މަހު 25ގައެވެ.
އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި ދިޔަ އަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް 167000 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.