ވަގަށްނަގާފައިވާ 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަޅުލާފައިހުއްޓާ ހޯދައިފި

Loading

Facebook
Twitter
WhatsApp

ލ. ކަލައިދޫން ވަގަށްނާގާފައިވާ 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަޅުލާފައިހުއްޓާ އިއްޔެ ފުލުހުން ހޯދައިފި އެވެ.

ފުލުހުން ވިދާޅުވީ މި ފައިސާތަކަކީ އެރަށު ގެ އަކުން ވަގަށްނަގާފައިވާ ފައިސާތައްކަމަށާއި ފައިސާތައް ފެނިފައިވަނީ އެ އަތޮޅު އިސްދޫ ޕޮލިސް ސްޓޭޝަން އާއި ގަން ޕޮލިސްސްޓޭޝަން ގުޅިގެން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ރޭގެ ދަންވަރުގެ ވަގުތެއްގައިކަމަށެވެ.

ފުލުހުން ހާމަކުރެއްވިގޮތުގައި ވަޅުލާފައި ހުއްޓާ  352500 ރުފިޔާ ފެނިފައިވެ އެވެ. މިއީ ވަގަށްނެގި ހުރިހާ ފައިސާ ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމަނުކުރައްވައެވެ.

މި މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ  38 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް