ކުލަގަދަ ރަސްމިއްޔާތަކާއެކު ކުމުންދޫގެ ނޭޗަރ ޕާކް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ހދ. ކުމުންދޫ ޒުވާނުން އެރަށު ކުޅީގައި ތަރައްގީކުރި ނޭޗަރޕާކް ކުލަގަދަ ރަސްމިއްޔާތަކާއެކު އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.

ސަގާފީ ހަރަކާތްތަކާއެކު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕާކް ރަސްމީކޮށް ހުޅުވައިދެއްވީ އަފީފުއްދީން ސުކޫލްގެ ޕްރިންސިޕަލް ނާސިހާ އިދްރީސް އެވެ.

”ވެހިސަރާ“ގެ ނަމުން ނަންދީފައިވާ މި ޕާކް ހަދައިފައިވަނީ އެރަށު ކުރެވި ޖަމިއްޔާގެ ގޮތްޕެއް ކަމަށްވާ ޒީރޯ ސްޕޯޓްސް އިން އިސްނަގައިގެންނެވެ.

ގާތްގަޑަކަށް ދެ ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްފައިވާ މި ޕާކް ހުންނަނީ އެރަށުގެ ކުޅީގައެވެ. ކުޅީގެ މެދުގައި 12 ފޫޓް 12 ފޫޓްގެ ހަޓެއް އަޅައި ފާލަމަކުން އެ ހަޓާގުޅާލައިފައިވާއިރު،  މި ހަޓަށް ދިއުމަށް ލަކުޑިން 60 ވަރަކަށް ފޫޓް ދިގު ފާލަމެއް އަޅާފައިހުރެއެވެ.

ކުޅި ހުރަސްކުރުމަށް ކުޅީގެ ހަނި ދިމާލަކުން 12 ވަރަކަށް ފޫޓްގެ ބްރިޖެއް ވެސް އަޅާފައި ހުއްޓެވެ.

ޕާކްގައި ލަކުޑިން ހަދާފައިހުރި އިށީންނާނެ ބެންޗްތަކާއި އުދޯއްޔެއް ހުއްޓެވެ. އަދި މީގެ އިތުރުން ކެނޯ ދުއްވާލެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައި ވެއެވެ.

އިތުރަށް ތަރައްގީކުރުމަށް މަސައްކަތް ކުރަމުން އަންނަ މި ޕާކް ރަސްމީކޮށް ހުޅުވުމަށްފަހު އެރަށުކައުންސިލް އާއި ހަވާލުކޮށްފައިވީނަމަވެސް  ޕާކް މަރާމާތުކޮށް ބަލަހައްޓާނީ ކުރެވި ޖަމިއްޔާއިން ކަަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް