ގަސް ރާއްޖެ އެތެރެކުރުމުގައި ގަވާއިދަށް އަމަލުކުރުމަށް އެދެފި

Loading

Facebook
Twitter
WhatsApp

ރާއްޖެ އަށް އެތެރެކުރާ ގަސްގަހާއި ގަހުގެ ބާވަތްތައް އެތެރެކުރުމުގައި ގަވާއިދާއި އެއްގޮތަށް އަމަލުކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީން އިލްތިމާސްކޮށް ފިއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގަސްގަހާއި ގަހުގެ ބާވަތްތަކަކީ ”ގަސްގަހާއިގެހި ހިމާޔަތްކުރުމުގެ ގާނޫނު“ގެ ދަށުން ބަލިތަކާއި ބަލި ޖައްސާ ފަނިފަކްސާ ސޫފާސޫފި އަދި ޖަރާސީމްތައް ތައާރަފްވުމާއި ފެތުރުން ރަައްކާތެރެިވުމަށްޓާކައި އެ މިނިސްޓްރީން ކަނޑއަޅާފައިވާ ފައިޓޯ ސެނިޓަރީ މިންގަނޑުތަކާއި އެއްގޮތަށް އެތެރެކުރާ ތަކެތި ކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ގަސްއެތެރެކުރަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން މިފަދަ ބާވަތްތައް އެތެރެކުރުމުގެ ކުރިން ނަގަންޖެހޭ ހުއްދަ ނުހޯދައި ގަސްގަހާގެހި އެތެރެކުރުމާއި އެފަދަ ބާވަތްތައް އެތެރެ ކުރާއިރު ގެންނަންޖެހޭ މުހިންމު ލިޔެކިޔުންތައް ނެތި އެތެރެކުރަން އުޅުންފަދަ އަމަލުތައް ހިންގަމުން ގެންދާކަމަށެވެ.

އެގްރިކަލްޗަރ މިނިސްޓީން ބުނީ ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރާ ގަސްގަހާއިގެއްސާއި ގަހުގެ ބައިތަކާއިމެދު ގާނޫނުގައި ކަނޑައަޅަފައިވާގޮތުގެ މަތިން ތަންފީޒްކުރުމުގެ މަސަތްކަތް އެ މިނިސްޓްރީން ކުރަމުން އަންނަކަމަށެވެ.

ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ވެސް ގަވާއިދާ ޚިލާފަށް އެތެރެކުރި ގަސްގަހާގެހީގެ ބޮޑު ޝިޕްމަންޓެއް ނައްތާލައިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ބުނީ ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެ އެތެރެކުރުމާއި ގަސްކާނާއާއި ދަޑުވެރިކަމަށް ބޭނުންކުރާ ބޭސް އަދި ޖަނަވާރު އެތެރެކުރުމުގެ ހުއްދަ އަށް އީމެއިލް މެދުވެރިކޮށް އެމިނިސްޓްރީއަށް ހުށަހެޅޭނެކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެބަޔަކު ގަސްތަކަށް ގަންނަމުންދާތީ ގަހުގެ ޑިމާންޑް ވަނީ ވަރަށް ބޮޑުވެފަ އެވެ. ގަހުގެ ޑިމާންޑާ އެކު ގަސް އެތެރެކުރާ ފާރާތްތައް ވެސް ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް