ކޮވިޑަށް ޕޮޒިވި ތިނަދޫމީހާ ވިލިގިއްޔަށް ނޭރުވުމުން މާލެގެނެސްފި

Loading

Facebook
Twitter
WhatsApp

ގއ ވިލިގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަން މަސައްކަތްކުރި ކޮވިޑް-19 އަށް ޕޮޒިޓިވް އުމުރުން ދުވަސްވީ މީހާ އެ ރަށަށް އަރުވަން ރަށުގެ ބައެއް މީހުން ދެކޮޅު ހެދުމުން އޭނާ ހުޅުމާލޭ ކަރަންޓީން ފެސިޓީއަށް ގެނެސްފި އެވެ.

ވިލިގިލީ ކަރަންޓީން ފެސިލިޓީއަށް ގެންދަން މަސައްކަތްކޮށްފައިވަނީ ގދ. ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހެކެވެ.

އެމީހާ ވިލިގިޔަށް ގެންދިޔަ ލޯންޗް ވިލިގިއްޔާ ކައިރިކުރިއިރު އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކުދިޔައީ އެކަމާ ދެކޮޅުހަދައި ބަނދަރުމަތީ އިހުތިޖާޖުކުރަމުންނެވެ.

ގިނައިރުތަކެއްވަނދެން ލޯންޗް ރަށާކައިރިކޮށްގެން އޮތުމަށްފަހު އެނބުރި ތިނަދުއަށް ދިޔައީ ފުުހުންގެ އެހީގަވެސް އެރަށަށް އަރަންކުރި މަސައްކަތް ބޭކާރުވުމުން ކަމަށްވެއެވެ. އަދި އެމީހާ އެއަރޓެކްސީގައި މާލެ ގެނެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެނައީ މިރޭގައެވެ.

ކޮވިޑް-19 އަށް އަތޮޅުތެރޭ ޚާއްސަ ހަތަރު ފެސިލިޓީ އެއް ގާއިމް ކޮށްފައިވާއިރު ދެކުނުން ކޮވިޑް ފެސިލިޓީ ގާއިމް ކޮށްފައިވަނީ ވިލިގިލީގެ އިތުރުން އައްޑޫގައެވެ. ގދ އަތޮޅުގައި ކޮވިޑަށް ޚާއްސަ ފެސިލިޓީ އެއް ގާއިމް ކޮށްފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް މިމައްސަލައާއި ބެހޭގޮތުން ބަހުސްކޮށް ވިލިގިލީ ރައްޔިތުންނަށް ވަރަށްބޮޑަށް ފާޑުކިޔައި އެރަށުން ކޮވިޑް ފެސިލިޓީ ބަދަލުކުރަން ބައެއް މެންބަރުން ގޮވާލާފައިވއެވެ.

މި މައްސަލަ އާއި ގުޅިގެން ވިލިގިލީ ރަށުކައުންސިލުން ނެރުނު ބަޔާނެއްގައިވަނީ ކޮވިޑަށް ޕޮޒިޓިވް މީހާ އެރަށަށް އެރުވުމަށް ދެކޮޅުހެދި ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

އަދި މި މައްސަ ކުއްވެރިކޮށް ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ވިލިގިލީ ރައްޔިތުންވެސް ތިަނދުއަށް ޒަމާނުއްސުރެ ދާ ކަމަށާއި މި އަމަލާއި ގުޅިގެން އޭގެ ނުރަގަޅު އަސަރު ޒަމާންތަކަށް ދެމިގެން ހިނގައިދާނެކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް