ލޯންތަކަށް މި މަހުންފެށިގެން ފައިސާ ދައްކަންޖެހޭނެ: އެޗްޑީއެފްސީ

Loading

Facebook
Twitter
WhatsApp

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ( އެޗްޑީއެފްސީ)ން ނަގާފައިވާ ލޯންތަކަށް މިމަހުންފެށިގެން ފައިސާ ދައްކަންޖެހޭނެކމަށް އެކޯފަރޭޝަނުން ވިދާޅުވެއްޖ ެއެވެ.

އެޗްޑީއެފްސީން މިއަދު ނެރުނު އިއުލާނުގައި ވިދާޅުވެފައިވަނީ ހައުސިން ފައިނޭންސިން ފެސިލިޓީތައް ނަންގާފައިވާ ފަރާތްތަކަށް ފައިސާ ދެއްކުން ލަސްކުރެވިފައިވަނީ  އޯގަސްޓްމަހުގެ ނިޔަލަށް ކަމަށާއި އެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައި ނުވާކަމަށެވެ.

އެކުންފުނިން ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ލޯނުތަކަށް ފައިސާދެއްކުމަށް ލުޔެއްދިނީ ހަލުވިކަމާއެކު މިހާރު ފެތުތެމުންދާ ކޮވިޑް-19ގެ ބަލިމަޑުމަޑުކަމާއި ގުޅިގެން ދިރިއުޅުމުގެ އާންމު ހާލަތަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ރާވާފައިވާ އިކޮނޮމީ ރިކަވަރީ ޕްލޭންގެ ދަށުންނެވެ.

ބޭންކް އޮފް މޯލްޑިވް އިންވެސް ވަނީ ސަރުކާރުގެ އިކޮނޮމިކް ޕެކޭޖްތެރެއިން ޕާސަނަލް، ހައުސިން އަދި ވިޔަފާރި ލޯންތައް ދެއްކުމުގެ މުއްދަތު ވެސް ފަސްކޮށްދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް