ދަރަވަންދޫ އެއަރޕޯޓުން އަތުލައިގަތް ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފި

Loading

Facebook
Twitter
WhatsApp

ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފި އެވެ.

ފުލުހުން ހާމަކުރިގޮތުގައި މި ބަނގުރާ ތަކަކީ ދަރަވަންދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާތަކެކެވެ.

ފުލުހުން ބުނީ މި ތަކެއްޗަކީ ބ.އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށާއި

ނައްތައިލި ބަނގުރާތެރޭގައި އެކި ބްރޭންޑްތަކުގެ 350 ބަނގުރާ ފުޅި އާއި 211 ދަޅު ބިޔަރު ހިމެނޭކަމަށެވެ.

މިތަކެތި ނައްތާލައިފަވަނީ އެއަތޮޅު ދަރަވަންދޫ ކުނިގޮޑު ސަރަހައްދުގައި މިމަހުގެ 13 ވަނަދުވަހު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވަ އެވެ.

ފުލުހުން ހާމަކުރިގޮތުގައި ނައްތައިލި ބަނގުރާތަކަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުން ޑިސެމްބަރުގެ ނިޔަލަށް އަތުލަތް ބަނގުރާތަކެވެ.

ބަނގުރާ ނައްތާލުން ދަރަވަންދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް