ގިނަ ދުވަސްވީ މުދާ ކުލިއަށްކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފި

Loading

Facebook
Twitter
WhatsApp

މާލޭ ވިޔަފާރި ބަނދަރުގައި ހުރި މުދާތަކުގެ ތެރެއިން ކްލިއަރނުކޮށް ގިނަ ދުވަސްވެފައިވާ މުދާ ކްލިއަރ ކުރުމަށް ހަތްދުވަހުގެ މުއްދަތެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލ)ް އިން ދީފި އެވެ.

އެމްޕީއެލް އިން ބުނީ އެކުންފުނިން މި ހަތްދުވަހުގެ ތެރޭގައި މުދާ ކްލިއަރ ނުކޮށްފި ނަމަ މިފަދަ މުދަލާއިމެދު އަމަލު ކުރުމަށް ހަމަޖެހިފައވާ ގަވާއިދުގެ ދަށުން މި މުދާތަށް ނީލަމުގައި ވިއްކައި ލެވޭނެކަމަށެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި މުދާ ވިއްކާ ނުލެވުނުނަމަ އެމުދާތަށް ނައްތާލެވޭނެ ކަަމަށާއި، ނައްތައި ލުމަށް ހޭދަވާނެ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލް ކުރެވޭނެކަމަށެވެ.

އެކުންފުނިންވަނީ ބަނދަރު ސަރަހައްދުގައި ކްލިއަރ ނުކޮށް ހުރި ގިނަ ދުވަސް ވީމުދަލުގެ ތަފްސީލް އިއުލާންކޮށްފަ އެވެ.

ކްލިއަރ ނުކޮށްހުރި ކޮންޓެއިނާ ތަކުގެ ނަންބަރާއި، ކޮންޓެއިނާ ރާއްޖެއައު ތާރީޚުގެ އިތުރުން ކޮންޓެއިނަރުގައި ހުރި މުދާލުގެ މައުލޫމާތުވެސް އެކުންފުނިން ވަނީ އާންމު ކޮށްފަ އެވެ.

މި މުދާތަކުގެ ތެރޭގައި ކަމާއިބެހޭ އެއްވެސް މުއައްސަސާއަކުން އެއްވެސް މައްސަލައަކާއި ގުޅިގެން ހިފަަހައްޓާފައިވާ މުދަަލެއްނަމަވެސް އެތަކެއްޗާއިމެދު ވަކި ގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއަރކުރުމަށް ނުވަތަ ނައްތާލުމަށް އެމްޕީއެލްއިން ވަނި މުދަލުގެ ވެރިންކިބައިން އެދިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް