ވެސްޓޯ މޯބައިލް ފިހާރަ ފަޅާލި މައްސަލައިގައި މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ ތަކެތި ހޯދައިފި

Loading

Facebook
Twitter
WhatsApp

މާލެސިޓީގެ މަޖީދީ މަގުގައި ހުންނަ ވެސްޓޯ މޯބައިލް ފިހާރަ ފަޅާލައި ވައްކަންކޮށްފައިވާ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށް އެ ފިހާރައިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭގެ ބަލައި ފާސްކުރި އިރު އެ ފިހާރައިން ވަގަށްނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި އޭނާ ދިރިއުޅޭ ގެއިން ފެނިގެން ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހާގެ ގެއިން 78240ރ ގެތަކެތި ހޯދާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ ގިނައަދަދެއްގެ މޯބައިލް ފޯނާއި އިލެކްޓްރޯނިކް ސާމާނެވެ.

މި މައްސަލައިގައި އެ  މީހާ ހައްޔަރުކޮށްފައިވަނީ މިމަހު 19ގައެވެ.

މިމަހު 17 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ވެސްޓޯ މޯބައިލް ފަޅާލައި ވައްކަން ކޮށްފައިވާ މި  މައްސަލައިގައި 10170 ރުފިޔާގެ ތަކެތި ވަގަށް ނަގައިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އޭނާގެ ބަންދާމެދު ގޮތެއްނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއްގައި ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް