މުގައްދަސް ދެ މިސްކިތެއްގެ އިސް މަގާމުތަކަށް އަންހެނުން

139
maldives news

ސައޫދީގައި މުސްލިމުންގެ މާތްވެގެންވާ ދެ މިސްކިތެއްގެ އިސްމަގާމުތަކަކަށް 10 އަންހެނުން ހަމަޖައްސައިފި އެވެ.

އެއީ މައްކާގައި ހުންނަ މަސްޖިދުއް އަލް ހަރަމް އާއި މަދީނާގައި ހުންނަ މަސްޖިދުލް އައްނަބަވީ އަށެވެ.

މިކަން އިއުލާންކުރަމުން ޚާދިމް އަލްހަރަމައިން އައްޝަރީފާއިންގެ ރައީސް ޑރ އަބްދުއްރަހުމާން އަލްސުދައިސް ވިދާޅުވީ މި ނިންމުމަކީ ސައޫދީގައި އަންހެނުން ބާރުވެރިކުރުވައި ގައުމުގެ ތިބި ގާބިލް އަންހެނުންގެ ބައިވެރިވުމާއި ލީޑާޝިޕް މަގާމުތަކުގައި ބައިވެރިވުން އިތުރުކުރުމަށް ކުރާކަމަށެވެ.

އަދި  ގައުމުގެ އިގްތިސާދު ވެސް އަންއެނުންގެ ބައިވެރިވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަމަޖެއްސި މަގާމުތަކެއްކަމަށް ވެސް މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވިކަމަށް ސައޫދީ ނޫސްތަކުންބުނެ އެވެ.

މީގެ އިތުރުން ކައުބަތުއްﷲ ގެފުފުޅުގެ އުރަކޮޅު ތައްޔާރުކުރުމުގެ މަސައްކަތް ކުރާ ޑިޕާޓްމަންޓެއް ކަމަށްވާ ކިންގް އަބްދުއަޒީޒު ކޮމްޕްލެކްސްގެ މަގާމް ތަކަށްވެސް އަންހެނުން އިސްކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ސައޫދީން މިފަހަކަށް އައިސް އަންހެނުން ބާރުވެރިކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުން ދެއެވެ. އޭގެ ތެރޭގައި ކުރިން އަންހެނުންނަށް ދީފައިނުވާ ބައެއް ހުއްދަތައް ދިނުމާއި އިސް މަގާމުތައް ދިނުން ހިމެނެއެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ ތެރެއިން ފިރިހެނުންނާއި އެއް ހަމައެއްގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައި ވެއެވެ.

އަދި އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެކުލަވާލި ” ވިޝަން 2030″ޕްލޭންގެ ދަށުން ކުރިއަށް ގެންދިޔަ ކަންތައްތަކުގެ ތެރޭގައި ކާރުދުއްވުމުގެ ހުއްދަ އާއި މަހުރަމަކާނުލައި ބޭރަށް ގޮސް އުޅުމުގެ ހުއްދަވެސް ވަނީ ދީފައެވެ. މިއީ ކުރިން ބޮޑު ކުށަކަށްވެ އަދަބުދޭ ކަންކަމެެވެ.

 

2 ހިޔާލުތައް

  1. މިއޮއް ހުރިހާދުވަހު މިވެރިން ބުނަމުން ގެންދިޔައީ ފިރިހެނުން އަންހެނުންނާ އަތްޖޯޑުކޮށް ސަލާމް ކުރުމަކީ ޙަރާމް ކަމެއްކަމަށެވެ. ނަމަވެސް މި ސަލްމާނު ގެ ތަރުޖަމާއިން ގުރުއާން އާއި ޙަދީސުން މީނާ މިޔައިދެނީ އެއީ ދޮގެއްކަމަށެވެ. އެއްކަލަ ސައުދީ ޝޭޚުން ތަކަށްވެސް ހަމަ އޯކޭ! މިހާރު ދެން ފަތުވާދޭނީ އެގޮތަށް؟؟!

  2. އެ އަންހެން ޖިންސުލްލްތީފުންވެސް ޕްރިންސް ސަލްމާނާއި އަތްޖޯޑުކޮށްލެވޭތީ އުފަލުން ހެވިފޮޅިފާ. ސަޢުދީ ޢަރަބިޔާއަށް އުފަލާއި މަޖާކަން އަންނަނީއެވެ. ހުރިހާ އަންހެން ޖިންސުލްލަތީފުންގެ ހިނިތުމުން އެކަން އެބައެނގެއެވެ. ސާބަހޭ ސަލްމާން ޕްރިންސް އޮފު ސައުދު.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ