ލަންދޫ ބަނދަރުގެ މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

ނ.ލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން  މިއަދު ފަށައިފި އެވެ.

މި މަސައްކަތްކުރުމަށް ބޭނުންވާ މެޝިނަރީސްތައް އެރަށަށް ގެންގޮސްފައިވަނީ މި މަހު 12 ވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ ދަށުން  25000 އަކަމީޓަރު ސަރަހައްދު ބަނދަރު ފުންކުރުމާއި 256 މީޓަރު ސަރަހައްދުގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ.

މީގެ އިތުރުން 1280 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރުބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މި މަޝްރޫއަށް 35.60  މިލިއަން ރުފިޔާ ޚަރަދު ވާނޭކަމަށް އެކުންފުނިން ލަފާކުރެ އެވެ.

މި މަޝްރޫއު ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީ އާއި ހާވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ރާއްޖޭގެ ގިނަ ރައްތަކެއްގެ ބަނދަރާއި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. ކޮވިޑް-19ގެ ބަލިމަޑްކަމާއި ގުޅިގެން މި މަޝްރޫތަކަށް މަޑުޖެހިލުމެއް އައުމަށްފަހު އެކުންފުނިން މިހާރުދަނީ މަޝްރޫއުތަކުގެ މަސައްކަތް ވީހާވެސް އަވަސްމުއްދަތެއްގައި ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް