ވިސާ އާ ނުކުރެވިފައިވާ ބިދޭސީން، ބަނދަރަށް ދިއުމުން ފުރޭނެ އިންތިޒާމް ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ތިބި ބިދޭސިންގެ ތެރެއިން ކޮވިޑް-19 އާއި ގުޅިގެން ވިސާ އާ ނުކުރެވި ތިބި ބިދޭސިންގެ ވިސާގެ މުއްދަތު އިތުރުނުކޮށް ފުރާ ބަނދަރަށް ދިއުމުން ފުރޭނެ އިންތިޒާމް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

އިމިގްރޭޝްނ އިން މިއަދު ނެރު އިއުލާންއެއްގައި ބުނެފައިވަނީ މި އިންތިޒާމްގެ ދަށުން ޓޫރިސްޓް ވިސާ އާއި ބިޒްނަސް ވިސާ އަދި ކަނޑުބޯޓްތަކުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވިސާ މާޗް 19ގެ ފަހުގެ ތާރީޚަކަށް ހަމަވާނަމަ ވަޒީފާގެ މުއްދަތު އިތުރުނުކޮށް ފުރޭނެ ކަމަށެވެ.

ނަމަވެސް މި އިންތިޒާމްގެ ދަށުން ފުރޭނީ IM34  ( އެޕްލިކޭޝަން ފޯ އިމަންޖެންސީ ޑިޕާޗާ) ފޯމް އިމިގްރޭޝަން ޑިޕާޗާ ކައުންޓަރަށް ހުށަހެޅުމުން ކަމަށާއި ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް “ ޓްރެވަލް ހެލްތު ޑިކްލަރޭޝަން“ ފުރިހަމަ ކުރަންޖެހޭނެކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަން އިން ބުނީ މިގޮތަށް ހަމަޖެއްސީ ކޮވޑް-19ގެ ސަބަބުން ރާއްޖެއިން ނުފުރިފައިވާ ބިދޭސީ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުންކަމަށެވެ.

މި ލުއިގެ ދަށުން ރާއްޖެއިން ފުރޭނީ އޮކްޓޯބަރު 30ގެ ނިޔަލަށް ކަމަށް އިމިގްރޭޝަން އިން މައުލޫމާތު ދެއެވެ.

ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާގެ މުއްދަތު މާޗް 19ގެ ކުރީގެ ތާރީޚަކަށް ހަމަވެފައިވާ ފަރާތްތަކުން ވިސާގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިޔުންތައް އީމެއިލް ކުރުމުން އެފަރާތްތަކުން އަމަލު ކުރަންވީގޮތް ހިއްސާ ކުރާނެކަމަށްވެސް އިމެގްރޭޝަނުން ހާމަކުރައްވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް