ކޮވިޑް-19: ރަޝިއާއިން އުފެއްދި ކޮވިޑް ވެކްސިން ފުރަތަމަ ޖަހަނީ ޑޮކްޓަރުންނާއި ޓީޗަރުންގެ ގަޔަށް

Loading

Facebook
Twitter
WhatsApp

ރަޝިއާ އިން ކޮވިޑް-19 ބައްޔަށް އުފެއްދި ވެކްސިން ފުރަތަމަ ވެސް ޖަހަން ނިންމާފައިވަނީ އެގައުމުގެ ޑޮކްޓާރުންނާއި ޓީޗަރުންގެ ގަޔަށް ކަމަށް އެގައުމުން ހާމަކޮށްފި އެވެ.

އެގައުމުގެ ހެލްތު މިނިސްޓަރު މީކާއީލް މުރަޝްކޯ އާ ހަވާލާދީ މީޑީއާ ރިޕޯތްތައް ބުނާގޮތުން އެގައުމުގެ ދައުލަތުގެ ރިސާޗް ފެސިލިޓީއކަމުގައިވާ ގަމަލެޔާ އިންސްޓްޓިއުޓުން އުފެއްދި ވެކްސިންގެ ކްލިނިކަލް ޓްރެޔަލްތައް މިހާރުވަނީ ނިމިފަ އެވެ. އެ ވެކްސިން ރަޖިސްޓްރީ ކުރުމަށް ކަރުދާހުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް މިނިސްޓަރަާއި ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރަޝިއާއިން މިހާރުވަނީ މިވެކްސިންގެ ދިނުމަށް ބޮޑު މަޝްރޫއެއް ފަށަން ތައްޔާރުވެފައެވެ.  ވެކްސިން އާންމުންނަށް ދިނުމުގެ ކުރިން ސިއްޚީދާއިރާގެ ކުރީސަފުގައި ތިބި މީހުންނަށް ވެކްސިންދިނުމަށް އެގައުމުން ވަނީ ނިންމާފަ އެވެ.

އެގޮތުން  ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ޑޮކްޓަރުންނާއި އަދި ޓީޗަރުންނަށް ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

މި ވެކްސިންގެ ރެގިއުލޭޓްރީ ހުއްދަ މި އޯގަސްޓްމަހު ތެރޭގައި ދިނުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ. މި  ހުއްދަ ލިބުމާއެކުު ވެކްސިން ދިނުމުގެ ބޮޑު މަޝްރޫއުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދިއުމަށް އެގައުމުން ވަނީ ނިންމާފަ އެެވެ.

ރަޝިއާއިން އުފެއްދި ކޮވިޑް ވެކްސިން އާއި ގުޅިގެން ދުނިޔޭގެ އެކިފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ އަވަސްއަރުވާލައިގެން ވެކްސިން އުފެއްދުމަށް އުޅުމުގެ ބަދަލުގައި ގައިޑްލައިންތަކަށް ތަބާވުމަށް ރަޝިއާއަށް އަންގާފައެވެ.

އަދި މީގެ އިތުރުން ބައެއް ސައިންސްވެރިންވެސް ވަނީ ރަޝިޔާއިން ތައްޔާރުކުރި ކޮވިޑްވެކްސިންނާ އާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރަޝިއާއިން އުފެއްދި  މި ވެކްސިންގައި ކްލިނިކަލް ޓްރެޔަލްތައް ފުރިހަމަކޮްފައިނުވާކަމުގެ ތުހުމަތު ވެސް ބައެއް ސައިންސްވެރިންވަނީ ކޮށްފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް