އިންޑިއާ ފުލުހުން ތިން މުސްލިމުގެ ގަޔަށް ބަޑިޖަހާ މަރާލައިފި

Loading

Facebook
Twitter
WhatsApp

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން އަވައްޓެރި އިންޑިއާގެ ބެންގަލޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފުލުހުން ބާރުގެ ބޭނުންކޮށް ތިން މުސްލިމެއްގެ ގަޔަށް  ބަޑިޖަހާ މަރާލައިފި އެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ އިންޑިއާގެ ސިޔާސީ ލީޑަރެއްގެ އާއިލާމީހަކު ކީރިތިރަސޫލާ އަށް ފުރައްސާރަވާގޮތަށް ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން އެކަމާއި ހިތްހަމަނުޖެހިގެން މުސްލިމުންގެ ބަޔަކު އެ ސިޔާސީ ލީޑަރުގެ ގޭދޮށަށް އެއްވެ ހިނގި ހަމަނުޖެހުން ފުލުހުން ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގަ އެވެ.

މިހަމަނުޖެހުމުގެ ތެރޭގައި އެއްވެ އުޅުުނު މީހުންވަނީ އެސަރަހައްދުގައި ހުރި ބައެއް ދުއްވާ ތަކެއްތީގައި ހުޅުޖަހާފައެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލް ކުރަން އެސަރަހައްދަށްދިޔަ ފުލުހުންނަށް ހަމަލާދީފައިވާކަމަށް ވެސް އިންޑިއާ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބެންގަލޫރުސިޓީގެ ޕޮލިސް ކޮމިޝަނަރ ކަމާލް ޕާންޓް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހަމަނުޖެހުމުގައި 50 ފުލުހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރޭގައި މަތީފަންތީގެ އޮފިސަރުންވެސް ހިމެނޭކަމަށެވެ.

ސަރަހައްދިޔަ ބައެއް ނޫސްވެރިން ބުނާގޮތުން ފުލުހުންދަނީ އެއްވެތިބި މުސްލިމުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްގެން ގިނަބަޔަކަށް އަނިޔާ ކުރަމުންނެވެ.

ރާއްޖޭގެ ގިނަ ބަޔަކު އާންމު ގޮތެއްގައި ދަތުރުކުރާ މި ސިޓީގެ ދެ ސަރަހައްދެއްގައި ކާފިއު އިއުލާންކޮށްފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެސަރަހައްދަށް އެއްވި މީހުން ގޮވަމުންދިޔައީ ރަސޫލާއަށް ފުރައްސާރަކުރި މީހުންނަށް ހައްގުއަދަބު ދޭނެޖެހޭނެކަމަށެވެ.

ރޭގަ ފެށުނު މި ހަމަނުޖެހުންތައް ބެންގަލޫރު ސިޓީގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް  ދަނީ ކުރިއަށެވެ. ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް 146 މީހަކުހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މިކަމާއި ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ކަރަނަޓަކާގެ ހޯމްމިނިސްޓަރ ބަސަވަރާޖް ބޮމްމާއި ވިދާޅުވީ މިހަމަނުޖެހުމަކީ ބަޔަކު ގަސްތުގައި އަޑީގައި ތިބެގެން އެހެން މަންފާއެއް ހޯދަން ހިންގާ ހަމަނުޖެހުމެއްކަމަށާއި މިފަދަ ހަމަނުޖެހުންތައް ކުރިއަށްގެންދަން ފުރުސަތުނުދޭނެކަމަށެވެ. އަދި މިހަަމަނުޖެހުންތައް މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް ވެސް އޭނާ ވިދާޅުވެވެ.

އިންޑިއާގައި މި ފަހަކަށް އައިސް މުސްލިމުންނަށް އަނިޔާކުރުމާއި އެމީހުންގެ ގެދޮރަށް ބޮޑެތި އަނިޔާތައް ދިނުން ވަނީ އިތުރުވެފައިވެ އެވެ. އަދި އިންޑިއާގެ ސަރުކާރުގެ އިސްބައެއް ފަރާތްތަކުންދަނީ މިފަދަ ކަންތައް ކުރުމަށް ފާޅުގައި ހިތްވަރުދެމުންނެއެވެ.

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް