ދެ ޕެޓްރޯލް ޝަޑަކުން ފައިސާ ބަލައިގަންނާނީ ހަމައެކަނި ކާޑުން

Loading

Facebook
Twitter
WhatsApp

ފިއުލްސަޕްލައި އޮފް މޯލްޑިވްސް ( އެފްއެސްއެމް) އިން މާލޭގައި ހިންގާ ދެ ޕެޓްރޯލް ޝެޑެއްގައި އަންނަ ހޯމަ ދުވަހުން ފެށިގެން ފައިސާ ބަލައިގަންނާނީ ހަމައެކަނި ކާޑުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެކުންފުނިން ކުރި އިއުލާންއެއްގައި ބުނެފައިވާ ގޮތުން ކާޑުން ފައިސާ ދެއްކޭގޮތަށް ހަމަޖައްސާފައި ވާނީ ކާނިވާ ސަރަހައްދުގައި ހުންނަ އީޒީފިލް 2 އާއި މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ އީޒީފިލް 4 ގައެވެ.

އެކުންފުނިން ބުނީ ސްޓެލްކޯ ސަރަހައްދުގައި ހުންނަ އީޒީފިލް 1 އަދި ހުޅުމާލޭގައި ހުންނަ އީޒީފިލް 3 އިން ކޭޝް ކާޑުގެ އިތުރުން ނަގުދު ފައިސާ އިން ވެސް ފައިސާ ދެއްކޭނެކަމަށެވެ.

އެފްއެސްއެމް އިން ބުނީ ދެ ޕެޓްރޯލް ޝެޑަކުން ކާޑުން ފައިސާ ދައްކާ ގޮތަށް ހަމަޖެއްސީ ކޮވިޑް-19ގެ ބަލިމަޑިކަމާއި ގުޅިގެން އެޗްޕީއޭގެ ލަފަޔާ އެއްގޮތަށް އެކުންފުނީގެ ކަސްޓަމަރުންނާއި މުއައްޒަފުންގެ ރައްކާތެރިކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ.

މާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ބަލި ފެތުރެން ފެށުމާއެކު އެފްއެސްއެމްގެ ހުރިހާ ޕެޓްރޯލްޝެޑަކުން ކޭޝްކާޑުން ފައިސާ ދެއްކޭނެގޮތް އެކުންފުނިން ހަދައިފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް