މާލެ ސަރަހައްދުގެ ސުކޫލުތައް އަނެއްކާވެސް ބަންދުކޮށްފި

Loading

Facebook
Twitter
WhatsApp

ކޮވިޑްގެ ނުރައްކާ ބޮޑުވެ، މި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ މާލޭ ސަރަހައްދުގެ ސުކޫލްތަކުގެ ކިޔެވުން އަނެއްކާ ވެސް ބަންދުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ކޮވިޑް-19ގެ ހާލަތަށް ރިޔާއަތްކޮށް ހެލްތު ޕޮރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން ކުރިއަށް އޮތް ދެ ހަފްތާގައި މާލެ ސިޓީގެ ސުކޫލުތަކުގެ ދަރިވަރުން ސުކޫލަށް ހާޒިރުވާން ނުޖެހޭގޮތަށް އެމިނިސްޓްރީން ހަމަޖައްސާފައިވާކަމަށެވެ.

އެ މިނިސްޓްރީން ބުނީ ސުކޫލތްތަކަށް ކިޔަވަން ދަރިވަރުން ހާޒިރު ނުވިނަމަވެސް އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށް ގެންދާނެކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސުކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު ޖުލައި އެކެއްގައި ވަނީ މާލެ ސިޓީގެ ސުކޫލުތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ގްރޭޑް 1އިން 12 އަށް ކިޔަވައިދޭން ފަށާފަ އެވެ.

މާލޭ ސަރަހައްދުގެ ސުކޫލުތަކުގައި ކިޔަވައިދީފައިވަނީ ގްރޭޑް 9 އިން 12 އަށެވެ. އަދި ގްރޭޑް 7 އަދި 8ގެ ދަރިވަރުންނަށް މިމަހު 16ގައި ފެށުމަށް ވެސް އެޑިއުކޭޝަން ް ކުރިން ވަނީ އިއުލާންކޮށްފަ އެވެ.

އީދު ބަންދާ މިޑްޓާމްބަންދައްފަހު ސުކޫލުތައް އަލުން ހުޅުވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ ނުވައެއްގަ އެވެ.

އެޑިއުކޭޝަނުން ބުނީ އެ މިނިސްޓްރީން އަބަދުވެސް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭނީ ދަރިވަރުންގެ ސިއްޚަތަށް ކަމަށެވެ.

“ މި މިނިސްޓްރީން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ދަރިވަރުންގެ ސިއްޚަތަށް ކަމުގައިވާތީ، ކޮވިޑް-19ގެ މިހާރުގެ ހާލަތަށް ރިޔާއަތް ކުރުމަށްފަހު، ދަރިވަރުން އާއިލާއާ އެކު ގޭގައި ތިބުމަކީ މިވަގުތައް އެންމެ ރައްކާތެރިގޮތް ކަމުގައި ދެކެމެވެ“  އެ ނޫސްބަޔާނުގައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދެ ހަފްތާއަށް ބެލުމަށްފަހު ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރޭގޮތް ބެލުމަށްފަހު މި ނިންމުން މުރާޖައާ ކުރާނެކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް