އިނގިރޭސިވިލާތަށް ކިޔަވަންދާ ދަރިވަރުން ރަޖިސްޓްރީވާން އަންގައިފި

Loading

Facebook
Twitter
WhatsApp

ރާއްޖެއިން އިނގިރޭސިވިލާތަށް ކިޔަވާންދާން ބޭނުންވާ ދަރިވަރުން ރަޖިސްޓްރީވާން ހަޔާއެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

ސެޕްޓެމްބަރުގެ އިންޓޭކަށް ދާން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށްޓަކައި އެފަދަ ދަރިވަރުންގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވަމުން ގެންދިއުމުގެ ފުރުސަތު އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާންގައި އިިނގިރޭސިިވިލާތަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުން ރަޖިސްޓްރީވާން ދީފައިވަނީ ވަރަށް ކުރުމުއްދަތެކެވެ. މިހަފްތާގެ އަންގާރަދުވަހުގެ 1:30ގެ ކުރިންނެވެ.

ހަޔާ އެޑިއުކޭޝަން އިން ބުނީ މިއަހަރރުގެ ސެޕްޓެމްބަރއިންޓޭކަށް އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ގިނަ  ދިވެހި ދަރިވަރުން އެ މިނިސްޓްރީއަށް މައުލޫމާތު ހޯދަން ގުޅަމުންދާކަމަށެވެ.

އިނގިރޭސިވިލާތަށް މި އަހަރުގެ ސެޕްޓެމްބަރ އިންޓޭކަށް ދާން ބޭނުންވާ ދަރިވަރުން ތިރީގައި މިވާ ލިންކަށް ފިއްތާލާށެވެ.

http://wall.mohe.gov.mv/uk.aspx

Loading

One Response

  1. ކިހިނެއްބާ އެވީ؟ ޓެރަރިސްޓް ހާއްޔަކަށް ރާއްޖެވެއްޖެއޭތަ އެބުނަނީ؟ މިހާރު މިއޮތީ އިނގިރޭސިންނާއި އެއްދާންކުރާ ސަރުކާރެއް ނަމަވެސް ކީއްވެ މިގޮތަށް ދަތިއެކުރަނީ؟ އަދި ފަހުން ރަނގަޅުވާނެކަމަށް ބަލާނަން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް