ޖޭއެސްސީގެ މެންބަރުކަމަށް އުއްމުކުލްޘޫމް އައްޔަން ކުރައްވައިފި!

maldives news

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޑޫ އަތޮޅު މަރަދޫ، މޫންލައިޓް ހައުސް، އާމިނަތު އުއްމުކުލްސޫމް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އައްޔަން ކުރައްވައިފިއެވެ. ޖޭއެސްސީގެ މެންބަރުކަމާ ޙަވާލުވުމުގެ ކުރިން، މެންބަރުކަމުގެ ހުވައި އެކަމަނާވާނީ ރައީސުލް ޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އޮނަރަބަލް އަލްއުސްތާޒް މަޙާޒު އަލީ ޒާހިރެވެ. މިރަސްމިއްޔާތުގައި މެންބަރުކަމުގެ ލިޔުން، ރައީސުލް ޖުމްހޫރިއްޔާވަނީ އެކަމަނާއާއި ހަވާލު ކުރައްވައިފައެވެ. އާމިނަތު އުއްމު ކުލްޘޫމް މާސްޓަރސް ޑިގްރީ ޙާސިލުކުރައްވާފައިވަނީ ޕްރޮޖެކްޓް […]

ޓޫރިޒަމް މިނިސްޓަރ ކަން ޑރ. މައުސޫމް އަށް.

ޓޫރިޒަމް މިނިސްޓަރގެ މަޤާމަށް ޑރ.ޢަބްދުﷲ މައުސޫމް އައްޔަން ކުރައްވައިފިއެވެ. މިކަންވަނީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ކުރެއްވި ޓްވިޓެއްގައި ހާމަ ކުރައްވައިފައެވެ. ހޫދު ވިދާޅުވި ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެމަޤާމަށް ޑރ.މައުސޫމް އައްޔަން ކުރައްވައި މަޤާމުގެ ފަތްކޮޅުވަނީ ހަވާލު ކުރައްވާފައެވެ. އެމަނިކުފާނު މަގާމަށް އައްޔަންކުރެވިފައިވަނި ޖުމްހޫރީ ޕާޓޫގެ ސްލޮޓެއްގައެވެ. ޑރ.މައުސޫމް މިހާތަނަށް ހުންނެވީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ. ޑރ. މައުސޫމް ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި […]

ކޮވިޑު-19 ގެ ޝިކާރައަކަށް އިތުރު 148 މީހަކު ވެއްޖެ!

އިއްޔެ ރާއްޖެއިން 148 މީހަކު ކޮވިޑު -19 އަށް ފައްސި ވެއްޖެއެވެ. މީގެ ތެރެއިން 2 ކޭސް ފިޔަވާ އެހެން ހުރިހާ ކޭސްތަކެއް ފެނިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. އިއްޔެވެސް ފައްސިވީ މީހުންގެ ބޮޑު އިންސައްތައަކީ ދިވެހިންނެވެ. އެގޮތުން 117 ދިވެހިން ބައްޔްށް ފައްސިވެފައިވެއެވެ. އޭގެ އިތުރުން ބަނގްޅަދޭޝްގެ 22 މީހަކާއި، އިންޑިޔާގެ 7 މީހަކާއި ، ނޭޕާލްގެ އެކަކު އަދި ސީޝެލްގެ އެކަކު ފައްސިވެފައިވެއެވެ. ފައްސިވެފައިވާ މީހުންގެ ތެރެއިން 110 ފަރާތެއް އެނދުމަތި ކުރެވިފައިވާއިރު، 1282 […]

ސައުދީއާއި އީރާންގެ ހަމަނުޖެހުން މަސަލަސްވެފައިވަނީ ޕާކިސްތާނުގެ މުހިންމު ދައުރެއް އޮވެގެން- ބޮޑުވަޒީރު އިމްރާން ޚާން

ސައުދީއާއި އީރާންއާއި ދެމެދުގެ މައްސަލަތައް އިތުރަށް ގޯސްވިޔަނުދީ މަސަލަސްވެފައިވަނީ ޕާކިސްތާނުގެ މުހިންމު ދައުރެއް އެކަމުގައި އޮވެގެން ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ އަލް-ޖަޒީރާ އަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއު އެއްގައެވެ. ބުދަ ދުވަހު އިމްރާން ޚާން ދިން އިންޓަރވިއުގައި އިތުރަށް ވިދާޅުވީ ސަރަހައްދީ ދެބާރު ކަމަށްވާ އީރާންއާއި ސައުދީގެ ދެމެދުގައި އަސްކަރީ ވާދަވެރިކަން ގަދަވެއްޖެނަމަ، މެދު އިރުމަތީގެ ހާލަތު ގޯހުން ގޯހަށް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ހަމައެހެންމެ، […]

އިއްޔެ 153 ފަރާތެއް ކޮވިޑު19 އަށް ފައްސި ވެއްޖެ!

covid maldives

އިއްޔެ ރާއްޖެއިން 153 ފަރާތެއް ކޮވިޑު-19 އަށް ފައްސި ވެއްޖެއެވެ. މީގެ ތެރެއިން ބޮޑު އިންސައްތައެއްގެ މީހުންނަކީ ދިވެހިންކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިއަދު 116 ދިވެހިން ބައްޔަށް ފައްސިވެފައިވާއިރު، ދެން ބައްޔަށް ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 22 ފަރާތަކާއި، އިންޑިޔާގެ 11ފަރާތަކާއި، އަދި އިންޑޮނެޝިޔާ، އެޖިޕްޓް، ބްރިޓޮން އަދި ކެންޔާ، މިއިން ކޮންމެ ޤައުމަކުން 1 ފަރާތެވެ. މީގެ ތެރެއިން 148 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ފެނިފައިވަނީ ޖުމްލަ 5 ކޭސްއެވެ. މިއަދަދާއިއެކު […]

މެލޭޝިޔާގެ ފުލުހުން އަލް-ޖަޒީރާގެ އޮފީސް ރޭޑް ކޮށްފި

މެލޭޝިޔާގެ ފުލުހުން އަލްޖަޒީރާގެ ކުއަލަ ލަމްޕުރް އޮފީހަށް ވަދެ އެތަނުގެ ބައެއް ވަސީލަތްތައް ގަދަކަމުން އަތުލައި ގެއްލުންތަކެއް ދީފިއެވެ. މިކަން އަލްޖަޒީރާއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަންގާރަ ދުވަހު މެލޭޝިޔާގެ ފުލުހުން ހިންގި މިއޮޕަރޭޝަން ހިންގައިފައިވަނީ، އެޤައުމުގެ މުއާސަލާތާއި އަދި މަލްޓިމީޑިޔާ ޓެކްނޮލޮޖީއާއި ބެހޭ ޤާނޫނާއި ޚިލާފުވީ ކަމަށް ބުނެ އަލްޖަޒީރާގެ މައްޗައް ތަހުގީގެއް ހިންގާކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައި ވަނިކޮށެވެ. މިތަހުގީގު ގުޅުފައިވަނީ ޖުލައި 3 ވަނަ ދުވަހު އަލްޖަޒީރާއިން ދެއްކި، ”101 […]

ކޮވިޑު-19 ގެ ކޭސްތައް އިތުރުވަމުން ދިޔުމާއި ގުޅިގެން ފިޔަވަޅުތައް ހަރުކަށިކޮށްފި!

ކޮވިޑު 19 ރާއްޖެގައި ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފިއެވެ. މިބަދަލުތައް އިއުލާން ކޮށްފައިވަނީ މިއަދު ހަވީރު ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ކުރިޔަށް ގެންދިޔަ ޕްރެސް ކޮންފަރަންސްގައެވެ. މިގޮތުން ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއްބަދަލަކީ ރޭގަނޑު 10 އަކުން ފަތިހު 5އަކަށް ބޭރަށް ނިކުތުން މަނާކުރުމެވެ. އަދި 9:30ގައި ހުރިހާ ވިޔަފާރިތައް ބަންދުކުރުމަށް ވެސް ވަނީ އަންގާފައެވެ. އަދި ރޭގަނޑު 10ގެ ފަހުން ޑެލިވެރީ ނުވަތަ ޓޭކްއަވޭ ޚިދުމަތްތައް […]

އެކުވެރިންނޭ! ދުންފަތުގެ ވަބާގައި ޖާނާ މާލު އަންދަމުން ދިޔުން ހުއްޓާލަން ނުވޭތޯ؟

             ދުންފަތާއި ސިނގިރޭޓުގެ ބާވަތްތަކުގެ އަގު އެކިފަހަރުގެ މަތިން އުފުލެމުން އައިސް މިހާރު 100 ރުފިޔާއިން މައްޗަށް ސިނގިރޭޓު ފޮށްޓެއްގެ އަގު އުފުލިފައިވާ އިރު، މިކަމާއި މެދު އަޅުގަނޑުގެ އެކުވެރި އެންމެހާ ދިވެހި ލޮބުވެތި ޒުވާނުން ވިސްނާލަން ނުވޭތޯއެވެ. ވިސްނާލާށެވެ! މިދައްކަނީ މަހެއްގެ މައްޗައް 3000 އާއި 4000 އާއި ދެމެދުގެ ރުފިޔާ އަތުން އަންދާ  އަޅިއަށް ހަދާ ވާހަކައެވެ. ލިބޭނެ ހަމަ އެއްވެސް ފައިދާއެއްނެތެވެ. ހުރިހާ ކޮޅަކުންވެސް ފެންނަން އޮތީ ގެއްލުމާއި ހަލާކެވެ. އަމިއްލަ އަތުން […]

ރެކޯޑް އަދަދަކަށް ދިވެހިން ކޯވިޑު-19 އަށް ފައްސި ވެއްޖެ!

އިއްޔެ އެކެނިވެސް ކޮވިޑަށް 215 މީހަކު ފައްސި ވެފައިވާއިރު، އިއްޔެއަކީ މިހާތަނަށް އެންމެ ގިނަ ދިވެހިން ބައްޔަށް ފައްސިވީ ދުވަހެވެ. އިއްޔެ ވަނީ 149 ދިވެހިން މިބައްޔަށް ފައްސި ވެފައެވެ. އޭގެ އިތުރުން އިއްޔެ ފައްސިވެފައި ވަނީ ބަނގްޅަދޭޝްގެ 54  މީހަކާއި، އިންޑިޔާގެ 7 މީހަކާއި، ސްރީލަންކާގެ 2 މީހަކާއި، ނޭޕާލްގެ 2 މީހަކާއި، އަދި އިންޑޮނޭޝިޔާގެ އެކަކެވެ. މީގެ އިތުރުން ރޭގެ ވަގުތެއްގައިވަނީ މިބަލީގައި 18 ވަނަ މީހަކު ރާއްޖެއިން ނިޔާވެފައެވެ. އެއީ 89 އަހަރުގެ […]

ވާދަވެރި މެޗަކަށްފަހު އެފްއޭ ކަޕްގެ ތަށި އާސެނަލް އިން ކާމިޔާބު ކޮށްފި!

ވާދަވެރި މެޗަކަށްފަހު ފަހަތުން އަރާ ޗެލްސީ ބަލިކޮށް އެފްއޭ ކަޕްގެ ތަށި އާސެނަލް އިން ކާމިޔާބު ކޮށްފިއެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗް އާސެނަލް އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއި އެކު މިއީ އާސެނަލް އިން އެފްއޭ ކަޕް ކާމިޔާބު ކުރި 14 ވަނަ ފަހަރެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ފުރަތަމަ ލީޑް ނެގީ ޗެލްސީ އިންނެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ފޯވާޑް ކްރިސްޓިއަން ޕްލިސިޗެވެ. ނަމަވެސް މާގިނަ […]