އިންޑިޔާ ސަރުކާރުން ރާއްޖެއަށް 700މިލޔަން ޑޮލަރަށް ވުރެން ބޮޑު އަދަދެއްގެ ފައިސާގެ އެހީ ދީފި!

ކޮވިޑު19 ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް އިންޑިޔާ ސަރުކާރުން ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު ދީފިއެވެ. ބަޖެޓް ސަޕޯޓުގެ ގޮތުގައި މިދިން 250 މިލިއަން ޑޮލަރުގެ އިތުރުން އިންޑިޔާ ސަރުކާރުންވަނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތަށް 500 މިލިއަން ޑޮލަރުވެސް ރާއްޖެއަށް ދީފައެވެ. މީގެ ތެރޭގައި ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ދިން ފައިސާ ހިމެނޭކަމަށް ވާހަކަތައް ދެކެވޭއިރު މިފައިސާއާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ފިނޭންސް މިނިސްޓްރީން […]

ކޯވިޑް-19: އިތުރު 143 މީހަކު ބައްޔަށް ފައްސިވެއްޖެ!

ރާއްޖެއިން ކޮވިޑު19 އަށް އިތުރު 143 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ބައްޔަށް ފައްސިވީ މީހުންގެ ތެރެއިންވެސް ގިނައީ ދިވެހިންކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އިއްޔެ އެކެނިވެސް 87 ދިވެހިން ބައްޔަށް ފައްސިވެފައިވެއެވެ. އިއްޔެ ފާހަގަ ކޮށްލެވުނީ ގިނަ ޤައުމުތަކެއްގެ ބަޔަކު ބައްޔަށް ފައްސިވީ ދުވަހެއްގެ ގޮތުގައެވެ. ދިވެހިންގެ އިތުރުން ދެން ބައްޔަށް ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 40 މީހަކާއި، އިންޑިޔާގެ 10 މީހަކާއި، ނޭޕާލްގެ 3 މީހަކާއި، ސްރީލަންކާގެ 2 މީހަކާއި، އަދި މިސްރުގެ އެކަކެވެ. އިއްޔެ ފައްސިވީ […]

ސްރީލަންކާގެ އައު ކެބިނެޓް އެކުލަވާލައިފި!

ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ އިންތިޚާބުވީ ރައީސް، ގޮތަބަޔަ ރާޖަޕަކްސަރ އެޤައުމުގެ އައު ކެބިނެޓް އެކުލަވާލައްވައިފިއެވެ. ކެބިނެޓްގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކޮށް އެބޭފުޅުންގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ އެޤައުމުގެ މެދުތެރޭގެ އަވަށެއް ކަމުގައިވާ ކެންޑީ ސިޓީގައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރުން ހުވާކުރައްވާފައިވަނީ، ރައީސް ގޮތަބަޔަ ރާޖަޕަކްސާއާއި، ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާގެ ކުރިފުޅު މަތީގައެވެ. އެގޮތުން މިރަސްމިއްޔާތުގައި 28 މިނިސްޓްރީއެއްގެ މިނިސްޓަރުން އަދި 40 ސްޓޭޓް މިނިސްޓަރަކު ވަނީ ހުވައިކުރައްވާ މަޤާމާއި ޙަވާލު ވެފައެވެ. އަލަށް އެކުލަވާލެއްވި ކެބިނެޓްގައި […]

ކޯވިޑް-19: އިއްޔެ ފައްސިވީ 66 މީހުން!

ރާއްޖެއިން އިއްޔެ ކޮވިޑު19 އަށް 66 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ހުރިހާ ކޭސްތަކެއް ވެސް ފެނިފައިވަނީ މާލޭ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 52 މީހުންނަކީ ދިވެހިންނެވެ. އޭގެ އިތުރުން އިއްޔެ ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 12 މީހަކާއި، އިންޑިޔާގެ 2 މީހެކެވެ. ރާއްޖެއިން އިއްޔެގެ ނިޔަލަށްވަނީ މިބައްޔަށް ޓެސްޓް ކުރުމަށްޓަކާ 90704 ސާމްޕަލް އެއް ނަގައިފައެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 5223 މީހަކު މިބައްޔަށް ފައްސިވީއިރު، އޭގެ ތެރެއިން 2354 ކޭސްއަކީ މިހާރުވެސް […]

ކޯވިޑް19 އަށް ކާމިޔާބު ވެކްސިނެއް އުދެއްދިކަން ރަޝިޔާގެ ރައީސް އިއުލާން ކޮށްފި!

russia vaccine news maldives

ރަޝިޔާގެ މޮސްކޯގާ ހުންނަ ގަމަލެޔާ އިންސްޓިޓިއުޓުން ކޮވިޑް19 އަށް ކާމިޔާބު ވެކްސިނެއް އުފައްދާފައިވާކަމަށް ރަޝިޔާގެ ރައީސް ވްލަމިޑިރް ޕުޓިން ރަޝިޔާގެ ސްޓޭތް ޓީވީ ޗެނަލްގައި އިއުލާން ކުރައްވައިފިއެވެ. ޕުޓިން މިކަން އިއުލާން ކޮށްފައިވަނީ ކެބިނެޓް މިނިސްޓަރުންނާއި އެކު އޮތް ޕްރެސް ކޮންފަރެންސް އެއްގައެވެ. މި ވެކްސިން ޓެސްޓް ކުރުމުގެ ހުރިހާ މަރުހަލާއެއް ނިންމާ، ވެކްސިން ކާމިޔާބު ކަން ޔަޤީން ކުރެވިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. “A vaccine against corona virus has been registered […]

ސާކް ޑިވެލޮޕްމެނޓް ފަންޑުން ރާއްޖެއަށް 7.7 މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް!

SAARC News maldives

ސާކް ޑިވެލޮޕްމެންޓް ފަންޑުން ރާއްޖެއަށް 7.7 މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ދީފިއެވެ. މި އެހީއަކީ ސާކްގެ ގައުމުތަކުން ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ސާކް ޑިވެލޮޕްމެންޓް ފަންޑުން  ވަމުންގެންދާ އެހީތެރިކަމުގެ ތެރެއިން ރާއްޖެއަށް ދީފައިވާ ފައިސާގެ އެހީއެކެވެ. ސާކްގެ ގައުމުތަކަށް މިއެހީވާން ނިންމާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ބޯޑޫ ބައްދަލުވުމެއްގައި ކަމަށް އެސްޑީއެފް އން ބުނެއެވެ. މިގޮތުން ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް 7.7މިލިއަން ޑޮލަރު، ނުވަތަ 118 މިލިއަން ރުފިޔާ ދޭންވަނީ ބޯދު […]

މީރާ މެދުވެރިކޮށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށަށް ހިނގައްޖެ!

MIRA News maldives

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ސަރުކާރަށް ލިބުނު އާމްދަނީ ބޮޑޫތަނުން ދަށަށް ގޮއްސިއެވެ. މިކަން ހާމަކޮށްފައިވަނީ މީރާއިން ނެރުނު ޖުލައިމަހުގެ އާމްދަނީ ރިޕޯޓްގައެވެ. މީރާއިން ނެރުނު ރިޕޯޓުގައިވާ ގޮތުން ޖުލައިމަހު އެކި ގޮތްގޮތުން ލިބުނު އާމްދަނީގެ ޖުމްލަ އަދަދަކީ 656.10 މިލިއަން ރުފިޔާއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ޖުލައިމަހާ ބަލާއިރު 69.6 އިންސައްތަ ދަށް އަދަދެއް ކަން ފާހަގަ ކޮށްލެވެއެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ދައުލަތަށްވަނީ 2 ބިލިޔަނަށްވުރެން ގިނަ ރުފިޔާ ލިބިފައެވެ. […]

ސަލާމަތުގެ އައްސޭރިއެއް ފެންނާކަށް ނެތް! ކޯވިޑު-19 އަށް އިތުރު 116 މީހަކު ފައްސި ވެއްޖެ!

އިއްޔެ ރާއްޖެއިން ކޮވިޑު19 އަށް އިތުރު 116 މީހަކު ފައްސިވެއްޖެއެވެ. އޭގެތެރޭގައި ހިމެނެނީ 77 ދިވެހިންނާއި، ބަނގްޅަދޭޝްގެ 27 މީހަކާއި، ސްރީލަންކާގެ 6 މީހަކާއި، އިންޑިޔާގެ 5 މިހަކާއި އަދި ނޭޕާލްގެ އެކަކެވެ. ރާއްޖެއިން މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން ފަސް ކޭސްއެއް އަތޮޅުތެރެއިން ފެނިފައިވާއިރު، ބާކީ 111 ކޭސް ފެނިފައިވަނީ މާލޭ ސަރަހައްދުންނެވެ. މިއަދު ފެނުނު ކޭސްތަކާއި އެކު އެކްޓިވްކޭސް ތަކުގެ އަދަދު 2303 އަށް އަރައި، ފައްސިވީ މީހުންގެ ޖުމްލަ އަދަދުވަނީ 5157އަށް އަރައިފައެވެ. […]

ލުބުނާނުގެ ސަރުކާރުގެ އިސްވެރިން މަޤާމުތަކުން އިސްތިއުފާދީފި!

ލުބުނާނުގެ ސަރުކާރުގެ އިސްވެރިންތަކެއް މަޤާމުން އިސްތިއުފާ ދީފިއެވެ. މިކަން ހިނގާފައިވަނީ ބެއިރޫތުގައި ހިނގައިދިޔަ ބާރުގަދަ ގޮވުންތަކުގެ ސަބަބުން އެޤައުމުގެ ގިނަ ބަޔަކު ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔުމުގެ ސަބަބުންނެވެ. މިގޮވުންތަކުގައި ވަނީ 160އަށް ވުރެން ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމް ވެފައެވެ. ލުބުނާނުގެ ބޮޑުވަޒީރު މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކޮށްފައިވަނީ ހޯމަ ދުވަހު އެޤައުމުގެ ޓީވީ ޗެނަލްތަކަށް ދިން ބަސްދީގަތުމެއްގައެވެ. އޭގެ ކުރިން އެގައުމުގެ ހެލްތް މިނިސްޓަރ ހަމަދް ހަސަން، ކެބިނެޓް މީޓިންގް […]

ސިފައިންގެ ތަމްރީނުތަކުގައި ބޭނުންކުރާ، ކ.ގިރިފުށި މޮނިޓަރިންގް ހާލަތަށް!

maldives news

ސިފައިންގެ ތަމްރީނުތަކުގައި  ބޭނުންކުރާ، ކ.ގިރިފުށިން ސިފައިންގެ ބަޔަކު ކޮވިޑަށް ފައްސިވެ، އެޗްޕީއޭއިން އެރަށް މޮނީޓަރިންގ ހާލަތައް ގެންގޮއްސިއެވެ. މިކަމާއި ބެހޭ ގޮތުން އެމްއެންޑީއެފުން ވަކި އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ. ސިފައިންނަކީ ކޮވިޑު19 ގެ މިއުނދަގޫ ހާލަތުގައި ކުރީސަފުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތެވެ. ކޮވިޑުގެ ބަލިމީހުން އެކި ފެސިލިޓީތަކަށް އުފުލުމާއި، ސާމްޕަލްތައް އެއްތަނުން އަނެއްތަނަށް އުފުލުމުގައި ސިފައިން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ގިރިފުއްޓަކީ ސިފައިންގެ ތަމްރީންތަކަށް ބޭނުންކުރަމުން އަންނަ ރަށެކެވެ. މިހާރު ފައްސިވެފައިވަނީ އެރަށުގައި […]