ސާކް ޑިވެލޮޕްމެނޓް ފަންޑުން ރާއްޖެއަށް 7.7 މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް!

Loading

Facebook
Twitter
WhatsApp
SAARC News maldives

ސާކް ޑިވެލޮޕްމެންޓް ފަންޑުން ރާއްޖެއަށް 7.7 މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ދީފިއެވެ. މި އެހީއަކީ ސާކްގެ ގައުމުތަކުން ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ސާކް ޑިވެލޮޕްމެންޓް ފަންޑުން  ވަމުންގެންދާ އެހީތެރިކަމުގެ ތެރެއިން ރާއްޖެއަށް ދީފައިވާ ފައިސާގެ އެހީއެކެވެ.

ސާކްގެ ގައުމުތަކަށް މިއެހީވާން ނިންމާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ބޯޑޫ ބައްދަލުވުމެއްގައި ކަމަށް އެސްޑީއެފް އން ބުނެއެވެ. މިގޮތުން ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް 7.7މިލިއަން ޑޮލަރު، ނުވަތަ 118 މިލިއަން ރުފިޔާ ދޭންވަނީ ބޯދު ބައްދަލުވުމުގައި ނިންމައިފައެވެ.

އެސްޑީއެފުން ބުނީ މިފައިސާ ބޭނުން ކުރެވޭނީ ކޮވިޑާ ދެކޮޅަށް ޤައުމުތަކުން ކުރާ އެކި އެކި މަސައްކަތްތަކަށް ކަމަށެވެ. އެގޮތުން އައިސީޔޫތައް ތަރައްޤީ ކުރުމާއި، ސިއްޙީ އެކި ވަސީލަތްތައް ޤާއިމު ކުރުމާއި، މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތަކަށް މިފައިސާ ބޭނުންކުރެވިދާނެ ކަމަށް އެސްޑީއެފުން ބުނެއެވެ.

އެސްޑީއެފުން ބުނީ ސާކްގެ މެންބަރު 8 ޤައުމުގެ ތެރެއިން 7 ޤައުމެއްގެ ހެލްތް މިނިސްޓްރީތަކުން މިފައިސާއަށް އެދި ޕްރޮޕޯސަލް ހުށަހަޅައިފައި ވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބޫޓާން، އަފްގާނިސްތާން، ބަނގްޅަދޭޝް، ނޭޕާލް، ޕާކިސްތާނު، ސްރީލަންކާ އަދި ދިވެހިރާއްޖެއެވެ.

ސާކް ޑިވެލޮޕްމެންޓް ފަންޑަކީ 2010ވަނަ އަހަރު ޤާއިމު ކުރެވުނު ފަންޑެކެވެ. އެފަންޑުން މިހާތަނަށް 100 މަޝްރޫޢަކަށް 214 މިލިއަން ޑޮލަރުވަނީ ހަމަޖައްސައިފައެވެ. އަދި އޭގެ ތެރެއިން 54 މަޝްރޫއެއް އެއްކޮށް ނިންމާލާފައިވާ ކަމަށް އެސްޑީއެފުން ހާމަކޮށްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް