ކޯވިޑް-19: އިތުރު 143 މީހަކު ބައްޔަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޮވިޑު19 އަށް އިތުރު 143 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ބައްޔަށް ފައްސިވީ މީހުންގެ ތެރެއިންވެސް ގިނައީ ދިވެހިންކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އިއްޔެ އެކެނިވެސް 87 ދިވެހިން ބައްޔަށް ފައްސިވެފައިވެއެވެ.

އިއްޔެ ފާހަގަ ކޮށްލެވުނީ ގިނަ ޤައުމުތަކެއްގެ ބަޔަކު ބައްޔަށް ފައްސިވީ ދުވަހެއްގެ ގޮތުގައެވެ. ދިވެހިންގެ އިތުރުން ދެން ބައްޔަށް ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 40 މީހަކާއި، އިންޑިޔާގެ 10 މީހަކާއި، ނޭޕާލްގެ 3 މީހަކާއި، ސްރީލަންކާގެ 2 މީހަކާއި، އަދި މިސްރުގެ އެކަކެވެ.

އިއްޔެ ފައްސިވީ މީހުންނާއިއެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 5366އަށް އަރައިފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު ފާހަގަކުރެވިފައިވަނީ 2461 ކޭހެކެވެ. މިވަގުތު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 1507 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު، 150 މީހަކުވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައެވެ.

ކޮވިޑު19 ޖެހިގެން އިއްޔެ ހެނދުނުގެ ވަގުތެއްގައިވަނީ އިތުރު މީހަކު ނިޔާވެފައެވެ. މި މަރާއިއެކު މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 21އަށް އަރައިފައެވެ.

ކޮވިޑު19އަށް ރާއްޖޭގައި ފައްސިވާ މީހުން ދުވަހުން ދުވަހަށް ގިނަވެ، ކަމާބެހޭ އިދާރާތަކަށް މިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. މިގޮތުން ބައްޔަށް ފައްސިވާ މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިޔުމުގައި ލަސްތަކެއް އައިސް އާއްމުންގެ ޝަކުވާވަނީ އިންތިހާއަށް ބޮޑުވެފައެވެ. ހަމަ އެހެންމެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށްވެސް މިވަނީ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް