ރާއްޖެއިން އިއްޔެ ކޮވިޑު19 އަށް 66 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ހުރިހާ ކޭސްތަކެއް ވެސް ފެނިފައިވަނީ މާލޭ ސަރަހައްދުންނެވެ.
އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 52 މީހުންނަކީ ދިވެހިންނެވެ. އޭގެ އިތުރުން އިއްޔެ ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 12 މީހަކާއި، އިންޑިޔާގެ 2 މީހެކެވެ.

ރާއްޖެއިން އިއްޔެގެ ނިޔަލަށްވަނީ މިބައްޔަށް ޓެސްޓް ކުރުމަށްޓަކާ 90704 ސާމްޕަލް އެއް ނަގައިފައެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 5223 މީހަކު މިބައްޔަށް ފައްސިވީއިރު، އޭގެ ތެރެއިން 2354 ކޭސްއަކީ މިހާރުވެސް އެކްޓިވް ކޭސްތަކުގެ ގޮތުގައި ފާހަގަ ކުރެވެއެވެ. މިބަލިޖެހިގެން އައިސޮލޭޝަން ފެސިލިޓީތަކުގައި 1507 މީހަކު ތިބިއިރު، 148 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ރާއްޖެއިން މިބަލީގައިވަނީ އިއްޔެވަނީ އިތުރު މީހަކު މަރުވެފައެވެ. އެއާއިއެކު މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދުވަނީ 20އަށް އަރައިފައެވެ.