ސިފައިންގެ ތަމްރީނުތަކުގައި ބޭނުންކުރާ، ކ.ގިރިފުށި މޮނިޓަރިންގް ހާލަތަށް!

Loading

Facebook
Twitter
WhatsApp
maldives news

ސިފައިންގެ ތަމްރީނުތަކުގައި  ބޭނުންކުރާ، ކ.ގިރިފުށިން ސިފައިންގެ ބަޔަކު ކޮވިޑަށް ފައްސިވެ، އެޗްޕީއޭއިން އެރަށް މޮނީޓަރިންގ ހާލަތައް ގެންގޮއްސިއެވެ.

މިކަމާއި ބެހޭ ގޮތުން އެމްއެންޑީއެފުން ވަކި އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ. ސިފައިންނަކީ ކޮވިޑު19 ގެ މިއުނދަގޫ ހާލަތުގައި ކުރީސަފުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތެވެ. ކޮވިޑުގެ ބަލިމީހުން އެކި ފެސިލިޓީތަކަށް އުފުލުމާއި، ސާމްޕަލްތައް އެއްތަނުން އަނެއްތަނަށް އުފުލުމުގައި ސިފައިން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

ގިރިފުއްޓަކީ ސިފައިންގެ ތަމްރީންތަކަށް ބޭނުންކުރަމުން އަންނަ ރަށެކެވެ. މިހާރު ފައްސިވެފައިވަނީ އެރަށުގައި ތަމްރީން ހަދަމުންދާ ބައެއް ކަމަށާއި، ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮވިޑު19 ގެ ކަންކަމުގާ ހަރަކާތްތެރިވަމުންދާ ގިނަ އަދަދެއްގެ ސިފައިން، ފުލުހުން، އަދި ސިއްޚީ ޚިދުމަތްތެރިން ކޮވިޑަށް ފައްސިވެފައިވާ ކަމަށް އެޗްއީއޯސީ އިން ހާމަކުރެއެވެ. ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 5000ހުން މައްޗަށް އަރައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް