މީރާ މެދުވެރިކޮށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށަށް ހިނގައްޖެ!

Loading

Facebook
Twitter
WhatsApp
MIRA News maldives

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ސަރުކާރަށް ލިބުނު އާމްދަނީ ބޮޑޫތަނުން ދަށަށް ގޮއްސިއެވެ. މިކަން ހާމަކޮށްފައިވަނީ މީރާއިން ނެރުނު ޖުލައިމަހުގެ އާމްދަނީ ރިޕޯޓްގައެވެ.

މީރާއިން ނެރުނު ރިޕޯޓުގައިވާ ގޮތުން ޖުލައިމަހު އެކި ގޮތްގޮތުން ލިބުނު އާމްދަނީގެ ޖުމްލަ އަދަދަކީ 656.10 މިލިއަން ރުފިޔާއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ޖުލައިމަހާ ބަލާއިރު 69.6 އިންސައްތަ ދަށް އަދަދެއް ކަން ފާހަގަ ކޮށްލެވެއެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ދައުލަތަށްވަނީ 2 ބިލިޔަނަށްވުރެން ގިނަ ރުފިޔާ ލިބިފައެވެ.

ޖުލައިމަހު އާމްދަނީ ލިބުނު ދާއިރާތަކަށް ބަލާއިރު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. ޖީއެސްޓީގެ ގޮތުގައި ދައުލަތައް 284.3 މިލިޔަން ރުފިޔާ ލިބުނު އިރު، ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސްގެ ގޮތުގައެވެ. އެއީ 270.2 މިލިޔަން ރުފިޔާއެވެ.

މިއަހަރުގެ ޖުލައި މަހު މީރާއިން ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ގޮސްފައިވަނީ ކޮވިޑު19 ގެ ސަބަބުން، ޖީއެސްޓީ، ގްރީން ޓެކްސް، އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބުނު ފައިސާ މަދުވުމުން ކަމަށް މީރާގެ ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް