ކޯވިޑް19 އަށް ކާމިޔާބު ވެކްސިނެއް އުދެއްދިކަން ރަޝިޔާގެ ރައީސް އިއުލާން ކޮށްފި!

105
russia vaccine news maldives

ރަޝިޔާގެ މޮސްކޯގާ ހުންނަ ގަމަލެޔާ އިންސްޓިޓިއުޓުން ކޮވިޑް19 އަށް ކާމިޔާބު ވެކްސިނެއް އުފައްދާފައިވާކަމަށް ރަޝިޔާގެ ރައީސް ވްލަމިޑިރް ޕުޓިން ރަޝިޔާގެ ސްޓޭތް ޓީވީ ޗެނަލްގައި އިއުލާން ކުރައްވައިފިއެވެ.

ޕުޓިން މިކަން އިއުލާން ކޮށްފައިވަނީ ކެބިނެޓް މިނިސްޓަރުންނާއި އެކު އޮތް ޕްރެސް ކޮންފަރެންސް އެއްގައެވެ. މި ވެކްސިން ޓެސްޓް ކުރުމުގެ ހުރިހާ މަރުހަލާއެއް ނިންމާ، ވެކްސިން ކާމިޔާބު ކަން ޔަޤީން ކުރެވިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

“A vaccine against corona virus has been registered for the first time in the world this morning”

“so we are the first to have registered. I hope our foreign colleagues, work will move as well, and a lot of products will appear on an international market that could be used.”

ޕުޓިން ބުނެފައިވެއެވެ.

ޕުޓިންގެ އަންހެން ދަރިކަނބަލަކު ވެސް ވެކްސިން ނަގާފައިވާ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. ވެކްސިން ޖެހުމަށްފަހު ކޮންމެސް ވަރަކަށް ހުން އައި ނަމަވެސް ވެކްސިންގެ އިތުރު ސައިޑް އިފެކްޓް އެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

ރަޝިޔާގެ މިވެކްސިންގެ ރައްކާތެރިކަމާ ބެހޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުން އެބަ ދެއެވެ. ރަޝިޔާއިން ވެކްސިންއާއި ބެހޭގޮތުން ގޮތުން އެއްވެސް ސައިންޓިފިކް މައުލޫމާތެއް މިހާތަނަށް އާއްމު ކޮށްފައި ނުވާ ކަމަށް ސީއެންއެން އިންވެސް ވަނީ ރިޕޯޓްކޮށް، އެކަމާއި ބެހޭ ގޮތުން ސުވާލު އުފައްދައިފައެވެ. ބައެއް ފަރާތްތަކުން ވަނީ ސިޔާސީ ބޭނުމެއްގައި ވެކްސިންގެ ޕްރޮސެސް އަވަސްކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.

2 ހިޔާލުތައް

  1. ތިއެތި ޑަބުލިޔޫ އެޗް އޯ އިން ގަބޫލެއްނުކުރާނެ. އެވެރިން އެތިބީ އީޔޫ ގައުމުތަކުން ޔޫއެސްޑީ 8 ބިލިއަން ހޯދައިގެން އެވެރިން ބައިވެރިވާ ފާމަސޫޓިކަލް ކޮމްޕެނީތަކުން ތި ވެކްސިންހޯދަން. ހޯދީމާ އަވަހަށް އޯކޭ ދޭން. އެމެރިކާއިން ބުނީމާ އެވެރިން ވަރަށް އޯކޭވާނެ. ދެން ހަމަ މުޅިދުނިޔެ މިއޮތީ ކަރަޕްޝަނަށް ހުޅުވުނު ދޮރު ފުޅާވެގެންގޮސް ޖައްވު ފަހަނަ އަޅާގޮސްފަ. ދެން ކީއްތޯކުރާނީ. ޕުޓިންގެ ވެކްސިން ކާމިޔާބު ކަމަށް ނިންމާ ރާއްޖެއަށްވެސް ތި ވެކްސިން ގެނެސްދީ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ