އެމެރިކާގެ އުތުރު ކެރޮލީނާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ!

އެމެރިކާގެ އުތުރު ކެރޮލީނާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ އުތުރު ކެރޮލީނާއާއި ވާޖިނިއާ ގުޅޭ ސަރަހައްދުގައި އޮންނަ ސްޕާޓާއޭ ކިޔުނު އަވަށަކަށެވެ. ރިޕޯޓްތައް ބުނާގޮތުގައި މިއީ ފާއިތުވެދިޔަ 94 އަހަރުގެ ތެރޭގައި މިސްރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ބިންހެލުމުގެ ބާރުމިން ރެކޯޑު ކުރެވިފައިވަނީ 5.1 މެގްނިޓިއުޑްގައި ކަމަށްވާއިރު، ބިންހެލުމުގެ ލޮނުމުގެ އަސަރުވަނީ ދެކުނު ކެރޮލީނާއާއި، ޖޯޖިއާއަށް ވެސް ވަރަށް ގަދައަށް ކޮށްފައެވެ. މިބިންހެލުމަކީ 1926 ގެ ފަހުން […]

ރާއްޖެއިން ކޮވިޑު-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ފަސްހާހުން މައްޗައް!

ރާއްޖެއިން ކޮވިޑު19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 5041 އަށް އަރައިފިއެވެ. ކޮވިޑު-19 އަށް އިއްޔެވަނީ އިތުރު 143 މީހަކު ފައްސިވެފައެވެ. މީގެ ތެރެއިން 140 ކޭސް ފެނިފައިވަނީ މާލޭ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ވަނީ ތިން މީހަކު ބައްޔަށް ފައްސިވެފައެވެ. މިއަދު ފައްސިވީ މީހުންގެ ތެރެއިންވެސް، ބޮޑު އަދަދެއްގެ މީހުންނަކީ ދިވެހިންނެވެ. މިގޮތުން 107 ދިވެއްސެއް މިއަދު ބައްޔަށް ފައްސިވެފައިވާއިރު، ދެން ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 28 މީހަކާއި، އިންޑިޔާގެ 6 މީހަކާއި، ނޭޕާލްގެ ދެމީހެކެވެ. […]

ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި!

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ. އެމްއެންޑީއެފްއިން މިހެން ބުނެފައި ވަނީ މޫސުމާ ބެހޭ ޤައުމީ އިދާރާއިން މާލެއިން ފެށިގެން އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް ވާނެކަމަށް ލަފާ ކޮށްފައިވާތީއެވެ. އެގޮތުން ކަނޑުދަތުރުކުރާ އުޅަނދުތަކުގެ ކައްޕިންނާއި އޮޑިވެރިން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްވަނީ އިލްތިމާސް ކޮށްފައެވެ. އަދި ލައިފްޖެކެޓް ފަދަ ސަލާމަތީ ވަސީލަތްތަކާއި މުއާސަލާތީ ނިޒާމު ހަމަކުރުމަށް ވެސް ޤައުމީ ދިފާޢީ ބާރުންވަނީ އަނގައިފައެވެ. […]

އިތުރު 129 މީހަކު ކޮވިޑު-19 އަށް ފައްސިވެއްޖެ!

އިއްޔެ އިތުރު 129 މީހަކު ކޮވިޑު19 އަށް ފައްސިވީ ކަމަށް އެހްޕީއޭ އިން ހާމަ ކޮށްފިއެވެ. އޭގެ ތެރެއިން 128 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން ފެނިފައިވަނީ އެއް ކޭސް އެވެ. މިއަދަދާއިއެކު ކޮވިޑު19 އަށް ރާއްޖެއިން ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 4898 އަށް އަރައިފައެވެ. މީގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ 2088 ކޭސްއެކެވެ. މިއީ ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ރެކޯޑު އަދަދެކެވެ. މީގެ އިތުރުން […]

ރިލްވާންގެ މައްސަލައިގައި ގިނަ ދުވަސްތަކަކަށް ފަހު ރައީސްގެ ބަހެއް!

2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ގެއްލުނު، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ގިނަ ދުވަސްތަކަކަށް ފަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ޓްވީޓެއް ކުރައްވައިފިއެވެ. އަހްމަދު ރިލްވާންގެ މައްސަލަވަނީ ރައީސް އުފެއްދި މަރުތަކުގެ ތަހުގީގު ކުރާ ކޮމިޝަނުންވެސް ތަހުގީގު ކޮށްފައެވެ. ނަމަވެސް މިމައްސަލަ ނުނިމި ގިނަދުވަސް ތަކެއް ވަމުންދާތީ ރިލްވާންގެ އާއިލާއާއި، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފަދަ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަކީ […]

ސައުދީގެ މާރުކޭޓެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ!

ސައުދީގެ އިރުމަތީ ސަރަހައްދުގެ މާރުކޭޓޭއްގައި އަލިފާންގަނޑެއް ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް މީޑީޔާ ރިޕޯޓްތަކުން ބުނެއެވެ. މި މާރުކޭޓަކީ ޖަނަވާރުންނަށް ކާންދޭ އެކި ބާވަތުގެ ހުޔާއި ފަތްޕިލާވެލި ގިނަ އަދަދަކަށް ގެންގުޅޭ ތަނެއް ކަމަށް މައުލޫމާތު ލިބެއެވެ. ހަފްރް އަލް ބާތިންގައި ރޯވި މި އަލިފާންގަނޑުގައި، މާރުކޭޓުގެ ޕާރކިންގް ސަރަހައްދުގައި ހުއި ބަރުކޮށްފައި އޮތް 20 އުޅަނދެއް އަނދާފައިވާ ކަމަށް ސައުދީގެ އަލް-ޔޫމް ނޫހުގެ ރިޕޯޓެއްގައި ބުނެފައިވެއެވެ. އަލިފާންގަނޑު ރޯވި […]

ހޯރަފުށީ ފުޓްސަލްގެ ރަސްކަން ތިންވަނަ ފަހަރަށް ދަންމަރު ޔުނައިޓެޑަށް!

2020 ވަނަ އަހަރުގެ ހޯރަފުށީ ޔޫތް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދަންމަރު ޔުނައިޓެޑުން ހޯދައިފިއެވެ. މިއީ ދަންމަރު ޔުނައިޓެޑުން މިމުބާރާތް ޖެހިޖެހިގެން ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ. ދަންމަރުން ފައިނަލް މެޗް ކާމިޔާބު ކުރީ ފްރިގޭޓަރ ޔަންގްއާއި ބައްދަލުކޮށް 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ދަންމަރު ޔުނައިޓެޑް ފައިނަލަށް ދަތުރުކުރީ ހޯރަފުށީގެ އެންމެ ވަރުގަދަ އެއްޓީމް ކަމުގައިވާ އެފްސީ ފްރިގޭޓަރ ބަލިކުރުމަށްފަހުއެވެ. އަދި ހަމަ އެހެންމެ ފްރިގޭޓަރ ޔަންގް ފައިނަލަށް ދަތުރުކުރި ސެމީފައިނަލް މެޗަކީވެސް ގިނަ […]

އިއްޔެ އިތުރު 86 މީހަކު ކޮވިޑު-19 އަށް ފައްސިވެއްޖެ!

news

އިއްޔެ އިތުރު 86 މީހަކު ކޮވިޑު-19 އަށް ފައްސިވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ އެކަކާއި، މާލެ ސަރަހައްދުގެ 85 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި، ބަނގްޅަދޭޝްގެ 27 މީހަކާއި، އިންޑިޔާގެ އެކަކާއި ، ފިލިޕީންސްގެ އެކަކު އަދި ސްރީލަންކާގެ މީހެކެވެ. މިއަދަދާއި އެކު ކޮވިޑު19 އަށް ރާއްޖެއިން ފައްސިވީ މީހުންގެ ޖުމްލަ އަދަދު 4680އަށް އަރާފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ފާހަގަ ކުރެވެނީ 1936 ކޭސްއެކެވެ. […]

އަޖްމަންގައި ބޮޑު އަލިފާންގަނޑެއް ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ!

news

އަޖްމަންގައި ބޮޑު އަލިފާންގަނޑެއް ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި އަލިފާންގަނޑު ރޯވެ އަނދަން ފަށައިފައިވަނީ ބުދަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެމިރޭޓްސްގައި ހުންނަ އިރާގުގެ މާރުކޭޓެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. މި މާރުކޭޓަކީ އަޖްމަންގ ސްޕެޝަލިޓީ ހޮސްޕިޓަލް އަދި މޭވާއާއި ތަރުކާރީގެ މާރުކޭޓެއްގެ ކައިރީގައި ހުންނަ ތަނެކެވެ. މި ހާދިސާއާއި ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެހޮސްޕިޓަލުންވަނީ މީހުން ހުސްކޮށްފައެވެ. މައުލޫމާތު ލިބޭގޮތުގައި މިމާރުކޭޓަކީ ކޮވިޑު19 އާއި ގުޅިގެން އެތައް މަހެއްވަންދެން ބަންދުކޮށްފައި ހުރި […]

ހޯރަފުށީ ޔޫތް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ސިއްސުވާލި ޓީމުން ހޯދައިފި!

ހޯރަފުށީ ޔޫތް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ސިއްސުވާލި ޓީމުން ހޯދައިފިއެވެ. ސިއްސުވާލި ޓީމުން މުބާރާތް ކާމިޔާބު ކުރީ ފައިނަލް މެޗްގައި އޮންޝޫޓް ޓީމާއި ބައްދަލުކޮށް 13-8 ގެ ނަތީޖާއިން މެޗް ކާމިޔާބު ކޮށްގެންނެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 7000ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ސިއްސުވާލި ޓީމުގެ ޖާޒީ ނަންބަރ 9 ފާތިމަތު ސުވޭދާއެވެ. މުޅި މުބާރާތުގައިވެސް ތަފާތުކުޅުމެއް ދައްކައި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ސިއްސުވާލި ޓީމުގެ […]