އެމެރިކާގެ އުތުރު ކެރޮލީނާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ!

Loading

Facebook
Twitter
WhatsApp

އެމެރިކާގެ އުތުރު ކެރޮލީނާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ އުތުރު ކެރޮލީނާއާއި ވާޖިނިއާ ގުޅޭ ސަރަހައްދުގައި އޮންނަ ސްޕާޓާއޭ ކިޔުނު އަވަށަކަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިއީ ފާއިތުވެދިޔަ 94 އަހަރުގެ ތެރޭގައި މިސްރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ބިންހެލުމުގެ ބާރުމިން ރެކޯޑު ކުރެވިފައިވަނީ 5.1 މެގްނިޓިއުޑްގައި ކަމަށްވާއިރު، ބިންހެލުމުގެ ލޮނުމުގެ އަސަރުވަނީ ދެކުނު ކެރޮލީނާއާއި، ޖޯޖިއާއަށް ވެސް ވަރަށް ގަދައަށް ކޮށްފައެވެ.

މިބިންހެލުމަކީ 1926 ގެ ފަހުން އެސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ބިންހެލުން އައިސްފައިވަނީ އުތުރު ކެރޮލީނާގެ ގަޑިން ހެނދުނު 8:07 ހާއިރުކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ވަނީ ބިންހެލުމާއި ގުޅިގެން ގްރީން އެލާޓް ނެރެފައެވެ. ބިންހެލުމުގާ މާބޮޑެތި ގެއްލުންތަކެއް ނުވީކަމުގައި ބައެއް އިމާރަތްތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

އުތުރު ކެރޮލީނާއަކީ އާއްމުކޮށް ބިންހެލުންތައް އަންނަ ސަރަހައްދެއް ނޫނެވެ. އެސަރަހައްދަށް 1926 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އައި ބިންހެލުން އައިސްފައިވަނީ 5.5 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އޭގެ ކުރިން 1916ގައި ވެސްވަނީ 5.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިއްސައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް