ހޯރަފުށީ ޔޫތް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ސިއްސުވާލި ޓީމުން ހޯދައިފި!

Loading

Facebook
Twitter
WhatsApp

ހޯރަފުށީ ޔޫތް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ސިއްސުވާލި ޓީމުން ހޯދައިފިއެވެ. ސިއްސުވާލި ޓީމުން މުބާރާތް ކާމިޔާބު ކުރީ ފައިނަލް މެޗްގައި އޮންޝޫޓް ޓީމާއި ބައްދަލުކޮށް 13-8 ގެ ނަތީޖާއިން މެޗް ކާމިޔާބު ކޮށްގެންނެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 7000ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ސިއްސުވާލި ޓީމުގެ ޖާޒީ ނަންބަރ 9 ފާތިމަތު ސުވޭދާއެވެ.

މުޅި މުބާރާތުގައިވެސް ތަފާތުކުޅުމެއް ދައްކައި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ސިއްސުވާލި ޓީމުގެ ޖާޒީ ނަންބަރު 22 ޝިއުނާ މުހައްމަދެވެ. އޭނާވަނީ މުޅި މުބާރާތުގައި 28 ގޯލު ޖަހައި، އެ މުބާރާތުގެ ޓޮޕް ސްކޯރަރގެ މަޤާމުވެސް ހޯދައިފައެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއްގެ މޮޅުކުޅުންތެރިންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

މިމުބާރާތް ކުރިޔަށް ގޮސްފައިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަމާއި އެކުގައެވެ. އޭގެ ތެރޭގައި ”ގޯޕާސް“، ”އައުޓްލެޓް ސްޓޯރ“، ”ފްލޯރަލް“ އަދި ”ކަނދުމާ ކޮންސްޓްރަކްޝަންސް“ގެ ނަން ފާހަގަކޮށް، މުބާރާތް އިންތިޒާމްކުރި ހޯރަފުށީ އިޖުތިމާޢީ މަރުކަޒުން ވަރަށް ޚާއްސް ޝުކުރެއްވަނީ އެފަރާތްތަކަށް އަދާކޮށްފައެވެ.

މިމުބާރާތަކީ ހޯރަފުށީ އިޖުތިމާޢީ މަރުކަޒުން އަޟްޙާ ޢީދާއި ދިމާކޮށް ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މީގެ އިތުރުން ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތް ފުޓްސަލް މުބާރާތެއް ވެސް އެމަރުކަޒުން އެބަ ކުރިޔަށް ގެންދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް