އަޖްމަންގައި ބޮޑު އަލިފާންގަނޑެއް ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ!

Loading

Facebook
Twitter
WhatsApp
news

އަޖްމަންގައި ބޮޑު އަލިފާންގަނޑެއް ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި އަލިފާންގަނޑު ރޯވެ އަނދަން ފަށައިފައިވަނީ ބުދަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެމިރޭޓްސްގައި ހުންނަ އިރާގުގެ މާރުކޭޓެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

މި މާރުކޭޓަކީ އަޖްމަންގ ސްޕެޝަލިޓީ ހޮސްޕިޓަލް އަދި މޭވާއާއި ތަރުކާރީގެ މާރުކޭޓެއްގެ ކައިރީގައި ހުންނަ ތަނެކެވެ. މި ހާދިސާއާއި ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެހޮސްޕިޓަލުންވަނީ މީހުން ހުސްކޮށްފައެވެ. މައުލޫމާތު ލިބޭގޮތުގައި މިމާރުކޭޓަކީ ކޮވިޑު19 އާއި ގުޅިގެން އެތައް މަހެއްވަންދެން ބަންދުކޮށްފައި ހުރި ތަނެކެވެ.

މަންޒަރުދުއް ފަރާތްތަކާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި އެތަނުގައި އަލިފާން ހިފައި ފެތުރިގަތީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ތަހުގީގަށް އެނގިފައެއް ނުވެއެވެ.

އެމިރޭޓްސްގެ މި މަރުކޭޓަކީ އެތަކެއް ވިޔަފާރިވެރިންގެ މައި މަރުކަޒެވެ. އަދި މިއީ އެސަރަހައްދަށް އަންނަ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތަނެކެވެ.

އެސަހަރުގެ ޕޮލިސް ކޮމާންޑަރ، މޭޖަރ ޖެން ޝައިޚް ސުލްޠާން ބިން އަބްދުﷲ އަލްނުއައިމީ ވިދާޅުވީ މިހާދިސާގެ ތަހުގީގު ބާރު ދުވެއްޔެއްގައި ކުރިޔަށްދާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް