ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި!

Loading

Facebook
Twitter
WhatsApp

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފްއިން މިހެން ބުނެފައި ވަނީ މޫސުމާ ބެހޭ ޤައުމީ އިދާރާއިން މާލެއިން ފެށިގެން އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް ވާނެކަމަށް ލަފާ ކޮށްފައިވާތީއެވެ. އެގޮތުން ކަނޑުދަތުރުކުރާ އުޅަނދުތަކުގެ ކައްޕިންނާއި އޮޑިވެރިން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްވަނީ އިލްތިމާސް ކޮށްފައެވެ. އަދި ލައިފްޖެކެޓް ފަދަ ސަލާމަތީ ވަސީލަތްތަކާއި މުއާސަލާތީ ނިޒާމު ހަމަކުރުމަށް ވެސް ޤައުމީ ދިފާޢީ ބާރުންވަނީ އަނގައިފައެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރު މުދާ ބަރުކުރަން ޖެހޭ މިންގަނޑަށް ވުރެން ގިނައިން މުދާ ބަރު ނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގައިފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދުގެ 17:20އިން ފެށިގެން 21:00އާއި ހަމަޔަށް، ބ އަތޮޅުން އދ އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. ބޯކޮށް ވާރޭވެހި، ގުގުރުމާއި އެކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް އެއިދާރާއިން ވަނީ ލަފާ ކޮށްފައެވެ.

ކަނޑުމަތީގެ ހާދިސާއެއް ހިނގައިފިނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަކަށް ގުޅުއްވުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް