ހޯރަފުށީ ފުޓްސަލްގެ ރަސްކަން ތިންވަނަ ފަހަރަށް ދަންމަރު ޔުނައިޓެޑަށް!

Loading

Facebook
Twitter
WhatsApp

2020 ވަނަ އަހަރުގެ ހޯރަފުށީ ޔޫތް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދަންމަރު ޔުނައިޓެޑުން ހޯދައިފިއެވެ. މިއީ ދަންމަރު ޔުނައިޓެޑުން މިމުބާރާތް ޖެހިޖެހިގެން ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ. ދަންމަރުން ފައިނަލް މެޗް ކާމިޔާބު ކުރީ ފްރިގޭޓަރ ޔަންގްއާއި ބައްދަލުކޮށް 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ދަންމަރު ޔުނައިޓެޑް ފައިނަލަށް ދަތުރުކުރީ ހޯރަފުށީގެ އެންމެ ވަރުގަދަ އެއްޓީމް ކަމުގައިވާ އެފްސީ ފްރިގޭޓަރ ބަލިކުރުމަށްފަހުއެވެ. އަދި ހަމަ އެހެންމެ ފްރިގޭޓަރ ޔަންގް ފައިނަލަށް ދަތުރުކުރި ސެމީފައިނަލް މެޗަކީވެސް ގިނަ ބަޔަކު ސިއްސުވާލި މެޗެކެވެ. އެމެޗް އެޓީމުން ކާމިޔާބުކުރީ މެޗްގެ ފަހު މިނިޓުގައި އެޓީމުގެ މުހައްމަދު ޒިހާން ކާމިޔާބު ކޮށްދިން ގޯލާއިއެކު 7-6 ގެ ނަތީޖާއަކުން ވަރުގަދަ އެފްސީ22 ބަލިކުރުމަށް ފަހުގައެވެ.

ފައިނަލް މެޗަށްފަހު ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައިވަނީ މުބާރާތުގެ ހުރިހާ އޮފިޝަލުންނަށާއި ހުރިހާ ޓީމްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ޒުވާނުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އިޚްތިރާމް ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ.

މިމުބާރާތުގައި 17 ގޯލް ޖަހައި މުބާރާތުގެ ޓޮޕް ސްކޯރަރގެ މަޤާމް ހޯދީ ދަންމަރު ޔުނައިޓެޑްގެ ޖަރޒީ ނަންބަރ 13 އަލީ އިމްރާން މުހައްމަދެވެ. އަދި މުބާރާތުގެ އެންމެ ފަޚުރުވެރި މަޤާމް ކަމުގައިވާ މޭން އޮފް ދަ ޓޯނަމެންޓްގެ މަޤާމް ހޯދީ ދަންމަރު ޔުނައިޓެޑްގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ޖަރޒީ ނަންބަރ 77 މުހައްމަދު އާސިފް (އާސިއްޕެ) އެވެ. މީގެ އިތުރުން ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާއަށް ވަނީ މިރަސްމިއްޔާތުގައި ހަނދާނީ ލިޔުން ހަވާލު ކޮށްފައެވެ.

މި މުބާރާތަކީ ހޯރަފުށީ އިޖުތިމާޢީ މަރުކަޒުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތައް އެފްސީ22، އެފްސީ ފްރިގޭޓަރ، ފްލޯރަލް، ގޯޕާސް އަދި އައުޓްލެޓް ސްޓޯރ އިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަ ކޮށް އެމަރުކަޒުން ވަނީ ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ހޯރަފުއްޓަކީ އަބަދުވެސް ކުޅިވަރަށް ލޯބިކުރާ ހުނަރުވެރި ޒުވާނުންތަކެއް ދިރިއުޅޭ ރަށެކެވެ. އަދި ކުޅިވަރުގެ ރޫޙު އެހާ ގަދަ ރަށެއް މެއެވެ. ކުޅިވަރުގެ މިވާދަވެރި މާހައުލުން އުފެދުނު ޒުވާން ކުޅުންތެރިންތަކެއް ޤައުމީ ފުޓުބޯޅަ ޓީމަށްވެސް ދަނީ ކުޅެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް