ރާއްޖެއިން ކޮވިޑު-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ފަސްހާހުން މައްޗައް!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޮވިޑު19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 5041 އަށް އަރައިފިއެވެ.

ކޮވިޑު-19 އަށް އިއްޔެވަނީ އިތުރު 143 މީހަކު ފައްސިވެފައެވެ. މީގެ ތެރެއިން 140 ކޭސް ފެނިފައިވަނީ މާލޭ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ވަނީ ތިން މީހަކު ބައްޔަށް ފައްސިވެފައެވެ. މިއަދު ފައްސިވީ މީހުންގެ ތެރެއިންވެސް، ބޮޑު އަދަދެއްގެ މީހުންނަކީ ދިވެހިންނެވެ. މިގޮތުން 107 ދިވެއްސެއް މިއަދު ބައްޔަށް ފައްސިވެފައިވާއިރު، ދެން ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 28 މީހަކާއި، އިންޑިޔާގެ 6 މީހަކާއި، ނޭޕާލްގެ ދެމީހެކެވެ.

މިއަދު ފައްސިވީ މީހުންނާއިއެކު، އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 2218 އަށް އަރައިފައެވެ. މިބަލިން މިހާތަނަށް ވަނީ 2804 މީހަކު ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ ތެރެއިން 140 ފަރާތަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންނެވެ. ރާއްޖޭގައި މިހާތަނަށް 19 މީހަކު މިބަލީގައި މަރުވެފައިވާއިރު، އަދިވެސް މިބަލިދަނީ ކޮންޓްރޯލްނުވެ ބާރު ސްޕީޑެއްގައި ފެތުރެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް