އިތުރު 129 މީހަކު ކޮވިޑު-19 އަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

އިއްޔެ އިތުރު 129 މީހަކު ކޮވިޑު19 އަށް ފައްސިވީ ކަމަށް އެހްޕީއޭ އިން ހާމަ ކޮށްފިއެވެ. އޭގެ ތެރެއިން 128 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން ފެނިފައިވަނީ އެއް ކޭސް އެވެ.

މިއަދަދާއިއެކު ކޮވިޑު19 އަށް ރާއްޖެއިން ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 4898 އަށް އަރައިފައެވެ. މީގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ 2088 ކޭސްއެކެވެ. މިއީ ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ރެކޯޑު އަދަދެކެވެ. މީގެ އިތުރުން މިވަގުތު 144 ފަރާތަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާކަމަށް އެހްޕީއޭއިން ހާމަ ކުރެއެވެ.

މިހާތަނަށް އެކްޓިވް ކޭސްތައް ފެނިފައިވަނީ އަތޮޅުތެރޭގެ 12 ރަށަކުންނެވެ. އެއީ ހއ.ކެލާ، ހއ.އިހަވަންދޫ، ހއ.ފިއްލަދޫ، ހދ.ނާވައިދޫ، ބ.ކުޑަރިކިލު، ބ.ކަމަދޫ، ރ.އިނގުރައިދޫ، ރ.ހުޅުދުއްފާރު، ޅހިންނަވަރު، ކ.މާފުށީ، ވ.ފުލިދޫ އަދި ފުވައްމުލަކު ސިޓީއެވެ.

ކޮވިޑު19 ގައި ނުރައްކާތެރި ހާލަތުން އަރައިގަނެ އާއްމު ހާލަތަށް ރުޖޫޢަވުމަށްޓަކާ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަށް ރައްޔިތުން ބޯލެނބުން ވަރަށް މުހިންމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް