ރިލްވާންގެ މައްސަލައިގައި ގިނަ ދުވަސްތަކަކަށް ފަހު ރައީސްގެ ބަހެއް!

Loading

Facebook
Twitter
WhatsApp

2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ގެއްލުނު، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ގިނަ ދުވަސްތަކަކަށް ފަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ޓްވީޓެއް ކުރައްވައިފިއެވެ. އަހްމަދު ރިލްވާންގެ މައްސަލަވަނީ ރައީސް އުފެއްދި މަރުތަކުގެ ތަހުގީގު ކުރާ ކޮމިޝަނުންވެސް ތަހުގީގު ކޮށްފައެވެ. ނަމަވެސް މިމައްސަލަ ނުނިމި ގިނަދުވަސް ތަކެއް ވަމުންދާތީ ރިލްވާންގެ އާއިލާއާއި، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފަދަ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންއަށް އިންސާފު ނުލިބި ލަސްވާ ކޮންމެ ދުވަހަކީ ރިލްވާންގެ އާއިލާއަށް ލިބޭ ހިތްދަތިކަމެއް ކަމުގައެވެ. އަދި ހުރަސްތަކާ އެކުވެސް ރިލްވާނަށް އިންސާފު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ރައީސް އިތުރަށް ވިދާޅުވެފައި ވެއެވެ.

”އާއިލާގެ އެދުމާ އެއްގޮތަށް މިވަގުތު މަސައްކަތް ކުރަމުން މިދަނީ އިތުބާރުކުރެވޭ ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރެއް ތަޙްޤީޤު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިޔަށް ގެންދިޔުމަށް“ ރައީސް ކުރެއްވި ޓްވީޓުގައި ފާހަގަ ކޮށްފައިވެއެވެ. ރައީސްގެ މިބުނުމާއި ގުޅިގެން މަޝްހޫރު ޤާނޫނީ ވަކީލު ދިޔާނާ ސައީދުވެސް ވަނީ ޓްވީޓެއް ކުރައްވައިފައެވެ.

”ރައީސުލްޖުމްހޫރިއްޔާ ޓްވީޓްވެސް ކުރައްވައިފި. ހުރިހާ ކޯރޑިނޭޓަރުން ތަޢުރީފު ކުރައްވާ އަތްތިލަބަޑި ޖައްސަވައިފި. ނިމުނު އިރު މިތަހުގީގު ނިންމަލެވޭނެ ފެންވަރުގެ އިލްމީ މީހަކު ރާއްޖޭގައި ހުރި ކަމަކަށް ނުވި. ދެން އެންމެ ރަނގަޅު. އެކި ކަރަކަރައިން އާލިމުންނާއި ޚަބީރުން ގެންނަވައިގެންވިޔަސް އިންސާފު އަވަސްކުރައްވާ“. ދިޔާނާގެ ޓްވީޓްގައި ކަންބޮޑުވުމާއި އެކު ފާހަގަ ކުރައްވައިފައި ވެއެވެ.

ރިލްވާންގެ މައްސަލައަކީ ބައިނަލްއަޤްވާމީ ފެންވަރެއްގައި އެވާހަކަ ދެކެވެމުންދާ ސީރިޔަސް މައްސަލައެކެވެ. ނޫސްވެރިކަމަށް ދިން ތޫނު ހަމަލާއެއްގެ ގޮތުގައި މިކަން ގިނަ ބަޔަކު ސިފަ ކުރެއެވެ. މި ޢަމަލަކީ އަލްޤައިދާ ޖަމާޢަތުގެ ޢަމަލެއް ކަމަށް 2 ސެޕްޓެމްބަރ 2019 ގައި އަލްޖަޒީރާއިން ނެރުނު ރިޕޯޓެއްގައި ތުހުމަތު ކޮށްފައި ވެއެވެ.

ރިލްވާންގެ އިތުރުން އޭނާގެ އެކުވެރިޔާ ޔާމިން ރަޝީދުވެސް ވަނީ އިހާނެތި ގޮތަކަށް ޤަތުލު ކޮށްފައެވެ. އަދި މިނޫންވެސް އެތައް ޤަތުލުތަކެއް ރާއްޖޭގައި ހިނގާފައިވާއިރު މިކަންކަމަށް އިންސާފު ލިބި، ކުއްވެރީންނަށް ޤާނޫނު އަރާ ހަމަކުރާ ދުވަސް ބަލަން ދިވެހީންގެ އެތައްބަޔަކު ތިބީ އެދިއެދިއެވެ.

Loading

One Response

  1. ކޮބާތޯ ސުޢޫދު. އެބޭފުޅުން އެތަށް މަހެއްވަންދެން އެތަކެއް ރެސޯސްއެއް ބޭނުން ކުރައްވައިގެން އެތަކެއް ފައިސާއެއް ރައްޔަތުންގެ ޓެކްސް އިން ޚަރަދުކޮށްފަ މޮޅު ރިޕޯޓް ހައްދަވާ ބައިވަރު މޮޅު ވާހަކަ މީޑިއާގައި ދައްކަވައި އަދި މަޖިލިސްގެރައީސް އާއި ގައުމުގެ ވަލިއްޔުލް އަމްރު އަށް ވެސް ރިޕޯޓްދެއްވައި އެމޮޅުފުޅު މަސައްކަތުގެ އިނާމެއްގެ ގޮތުން ސުޕްރީމްކޯޓް ޖަޖަކަން ދެއްވައި މިހުރިހާކަމަކީ ހަމަ ދަޅަދެއްކުން ކަމުދނެގައި ގަބޫލެއްނުކުރެވެއެވެ. ދެން މިހާރު އަނެއްކާ އަނެއް ދެ އަހަރު ބޭރުގެ ތަޖުރިބާ ކާރުންލައްވާ އެމަރުގެ ރިޕޯޓް ހައްދަވަން ދެން ވަރަށް ހެއްވާ ކަމެކެވެ. ފައިންޑް މޮޔަމީހަ ހޭސްޓެގަކަށްހަމަ ވެ ނިމުނީތާއެވެ. ކޮބާ އިންތިޚާބުގެރޭގައި އެއޮށްލެވި ހަޅޭތަށް. ހަމަ ހުސް ހޮޅިދޯ އެއީ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް