ސައުދީގެ މާރުކޭޓެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ!

Loading

Facebook
Twitter
WhatsApp

ސައުދީގެ އިރުމަތީ ސަރަހައްދުގެ މާރުކޭޓޭއްގައި އަލިފާންގަނޑެއް ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް މީޑީޔާ ރިޕޯޓްތަކުން ބުނެއެވެ. މި މާރުކޭޓަކީ ޖަނަވާރުންނަށް ކާންދޭ އެކި ބާވަތުގެ ހުޔާއި ފަތްޕިލާވެލި ގިނަ އަދަދަކަށް ގެންގުޅޭ ތަނެއް ކަމަށް މައުލޫމާތު ލިބެއެވެ.

ހަފްރް އަލް ބާތިންގައި ރޯވި މި އަލިފާންގަނޑުގައި، މާރުކޭޓުގެ ޕާރކިންގް ސަރަހައްދުގައި ހުއި ބަރުކޮށްފައި އޮތް 20 އުޅަނދެއް އަނދާފައިވާ ކަމަށް ސައުދީގެ އަލް-ޔޫމް ނޫހުގެ ރިޕޯޓެއްގައި ބުނެފައިވެއެވެ. އަލިފާންގަނޑު ރޯވި ވަގުތަކީ ވައިގަދަ ވަގުތެއް ކަމުން އަލިފާން ގަނޑު ވަރަށް ފަސޭހައިން ފެތުރިގަތް ކަމަށް މަންޒަރު ދުއް ފަރާތްތަކުން ބުނެއެވެ. އަދި މިކަމުގެ ސަބަބުން އެވަގުތު އެސަރަހައްދުގައި ތިބި ފަޔަރ ފައިޓަރުންނަށް އަލިފާންގަނޑު ކޮންޓްރޯލްކުރަން އުނދަގޫވި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިހާތަނަށް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމާބެހޭ ފަރާތްތަކަށް ހޯދިފައެއް ނުވެއެވެ.

މިހާދިސާއަށް ފަހު ސައުދީގެ އެންވާރަމެންޓް މިނިސްޓްރީއިން ވަނީ މިފަދަ ”ފޮޑަރ“ މާރުކޭޓުތަކުގެ ސަލާމަތީ ކަންކަން ހުރިތޯ ކަށަވަރު ކުރުމަށް ބަލާ ބެލުންތައް ހަރުދަނާ ކޮށްފައެވެ. އެމިނިސްޓްރީގެ އެސަރަހައްދުގެ ބްރާންޗްގެ ޑިރެކްޓަރ ޖެނެރަލް އަމީރް އަލް މުތާރީ ވިދާޅުވީ މިހާދިސާގައި ގެއްލުން ވެފައިވަނީ ޓްރަކް ތަކަކަށާއި، މާރުކޭޓުގެ ނިސްބަތުން ކުޑަ ސަރަހަށްދަކަށް ކަމަށެވެ. އެބޭފުޅާ ވަނީ އެސަރަހައްދުގެ ވިޔަވާރިތަކުގެ ވެރިންނަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އިލްތިމާސް ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް