އިއްޔެ އިތުރު 86 މީހަކު ކޮވިޑު-19 އަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp
news

އިއްޔެ އިތުރު 86 މީހަކު ކޮވިޑު-19 އަށް ފައްސިވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ އެކަކާއި، މާލެ ސަރަހައްދުގެ 85 މީހެކެވެ.

އޭގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި، ބަނގްޅަދޭޝްގެ 27 މީހަކާއި، އިންޑިޔާގެ އެކަކާއި ، ފިލިޕީންސްގެ އެކަކު އަދި ސްރީލަންކާގެ މީހެކެވެ.

މިއަދަދާއި އެކު ކޮވިޑު19 އަށް ރާއްޖެއިން ފައްސިވީ މީހުންގެ ޖުމްލަ އަދަދު 4680އަށް އަރާފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ފާހަގަ ކުރެވެނީ 1936 ކޭސްއެކެވެ. އަދި އޭގެ ތެރެއިން 128 ފަރާތެއްވަނީ ހޮސްޕިޓަލް ތަކުގައި އެޑްމިޓް ކުރެވިފައެވެ. ކޮވިޑު 19 އަށް ޓެސްޓް ކުރުމަށްޓަކައި ޖުމްލަ 85587 ސުންކު ވަނީ ރާއްޖެގައި ނަގައިފައެވެ.

ކޮވިޑު 19 ޖެހިގެން މިހާތަނަށްވަނީ ރާއްޖޭގައި 19 މީހަކު މަރުވެފައެވެ. އަދި މި ނުރައްކާތެރި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކާ، ސަރުކާރާއި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް