ސަލާމަތުގެ އައްސޭރިއެއް ފެންނާކަށް ނެތް! ކޯވިޑު-19 އަށް އިތުރު 116 މީހަކު ފައްސި ވެއްޖެ!

Loading

Facebook
Twitter
WhatsApp

އިއްޔެ ރާއްޖެއިން ކޮވިޑު19 އަށް އިތުރު 116 މީހަކު ފައްސިވެއްޖެއެވެ. އޭގެތެރޭގައި ހިމެނެނީ 77 ދިވެހިންނާއި، ބަނގްޅަދޭޝްގެ 27 މީހަކާއި، ސްރީލަންކާގެ 6 މީހަކާއި، އިންޑިޔާގެ 5 މިހަކާއި އަދި ނޭޕާލްގެ އެކަކެވެ.

ރާއްޖެއިން މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން ފަސް ކޭސްއެއް އަތޮޅުތެރެއިން ފެނިފައިވާއިރު، ބާކީ 111 ކޭސް ފެނިފައިވަނީ މާލޭ ސަރަހައްދުންނެވެ. މިއަދު ފެނުނު ކޭސްތަކާއި އެކު އެކްޓިވްކޭސް ތަކުގެ އަދަދު 2303 އަށް އަރައި، ފައްސިވީ މީހުންގެ ޖުމްލަ އަދަދުވަނީ 5157އަށް އަރައިފައެވެ. މިވަގުތު އެކިއެކި އައިސޮލޭޝަން ފެސިލިޓީތަކުގައި 1452 މީހަކު ތިބިއިރު 145 މީހަކަށް ދަނީ މިބަލި ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް 2835 މީހަކު މިބަލިން ފަސޭހަވެ، 19 މީހަކުވަނީ މިބަލީގައި މަރުވެފައެވެ.

ކޮވިޑު19 ގެ ދެވަނަ ރާޅެއް ރާއްޖެއަށް ބިންދާލާފައިވާއިރު، މިބަލި މަޑުކަމުން އަރައިގަތުމަށް އާންމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށާއި، ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރަށް ނުދިޔުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް