ޔޫރަޕް އާއި އީރާނުން ބަންދުކުރެވިފައިވާ ދޮރުގެ ބޭރުފަރާތުން ކުރެވެމުންދަނީ އާދައިގެ މަޝްވަރާތަކެއް ނޫނެވެ. އެ މަޝްވަރާތަކަށް އީރާނުން ފޮނުވި މެސެޖްގައި އެމެރިކާ ހަމަބިމަށް ތިރިކުރާނެކަމަށާއި ޔޫރަޕްގެ ގައުމުތަކުން އަމިއްލަ ހާލަތާދޭތެރޭ ވިސްނުމަށް ބުނެފައިވެއެވެ. އީރާނާއެކު ޔޫރަޕްގެ ގައުމުތަކުން ގުޅުން ބާއްވާނެ ފެންވަރެއް ކަނޑައަޅާށެވެ.
ޔޫރަޕްގެ ގައުމުތަކުން އީރާނުގެ މެސެޖާމެދު ވިސްނަމުން ގެންދާތާ މިހާރު ދެތިން ދުވަސްވެއްޖެ ކަމަށްވެއެވެ. މިއަދުގެ ހާލަތުގައި ޔޫރަޕްގެ ގައުމުތަކުން ގޮތެއް ނިންމުމަކީވެސް ފަސޭހަކަމަކަށް ނުވެއެވެ. ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރަން ދިމާކުރާ ޔޫރަޕްގެ ގައުމުތަކަށް ނިސްބަތްވާ ހުރިހާ ތެޔޮ ޓޭންކަރެއް އެ ކަނޑުއޮޅި ހުރަސްކުރުމުގެ ކުރިންއީރާނުގެ ހަމާލާގެ ޝިކާރައަކަށް ވެގެންދަނީއެވެ. ހަނގުރާމަ ފެށުމުގެ ކުރިއާ އެއްވަރަށް ހޮރްމުޒް ކަނޑުއޮޅިން މިހާރު ތެޔޮ ބޭރުކުރެވެއެވެ. އަދި އީރާނަށް ފައިސާވެސް ލިބިގެންދޭ މެއެވެ. އެކަމަކު އެއީ އީރާނުގެ ހުއްދަ ލިބިގެން ކުރެވޭ ދަތުރުތަކެވެ. ހޮރްމުޒް ކަނޑުއޮޅިންކުރާ ދަތުރުތައް ރައްކާތެރިކުރުމަކީ އެމެރިކާއަށް އުފުލޭވަރުގެ ބުރައަކަށޤ ނުވުމުން އެންމެ ފަހުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ރަޝިޔާގެ ފައިބުޑަށް ވެއްޓި ޔޫރަޕްގެ ގައުމުތައް އެއްފަރާތް ކުރުމަށްފަހު ރަޝިޔާއިން ތެޔޮ ލިބޭނެ މަގެއް ހޯދައި ރަޝިޔާގެ ޑީސަލް ގަތުމަށްފަހު ޔޫރަޕްގެ ގައުމުތަކަށް އެކްސްޕޯރޓްކުރަން ފެށީއެވެ. އީރާނުން ޔޫރަޕްގެ ގައުމުތަކަށް ބުނެފައިވެއެވެ. ކަލޭމެން އީރާނާދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް ތަންފީޒުކުރަމުން ގެންދާއިރު މިއަދުގެ ހާލަތުގައި ތިޔަ ގައުމުތައް ތިބީ އީރާނާއެކުގައިތޯ ނުވަތަ އެމެރިކާއާއި އެކުގައިތޯ ގޮތެއް ނިންމާށެވެ. ތިޔަ ގައުމުތަކުން ބޭނުންވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓަން ކަމަށްވާނަމަ އީރާނުންވެސް އޮތީ ތައްޔާރަށެވެ. އީރާނާދެކޮޅަށް ޔޫރަޕްގެ ގައުމުތަކުން އަޅާފައިވާ އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅުތައް ދޫކޮށްލުމަށްފަހު ތިޔަ ގައުމުތަކުން ބޭނުންވާ މަގެއް އިޚްތިޔާރު ކުރާށެވެ.
އިނގިރޭސި ވިލާތުގައި އެމެރިކާއަށް މިލިޓްރީ ބޭސްއެއް ގާއިމްކުރުމުގެ ފުރުސަތު ދީފައިވާކަން ނަމުން ނުބުނެ އެމެރިކާއިން ރައްކާތެރިކޮށްދެވިދާނެކަމަށް ހީކުރަނީ ހެއްޔެވެ، އީރާނުން ބުނެފައިވެއެވެ. އިނގިރޭސި ވިލާތުގައިހުރި އެމެރިކާގެ މިލިޓްރީ ބޭސް އިން އީރާނަށް ހަމަލާދިނުމުގެ ހުއްދަ ދީފިނަމަ އިނގިރޭސި ވިލާތަކީ އީރާނުގެ އެންމެ ފުރަތަމަ އަމާޒުކަމުގައި ދެކޭށެވެ. އީރާނުން ޔޫރަޕްގެ ގައުމުތަކަށް ހަމަލާ ދިނުމުގެ ކުޅަދާނަކަން ވަނީ ލިބިފައެވެ.
މި ހަނގުރާމައިގެތެރެއަށް ޔޫރަޕުން ނުވަނުމަށް އީރާނުން ގެންދަނީ މަޝްވަރާދެމުންނެވެ. ޔޫރަޕުން މިހާރު ހަދާނެގޮތް ހުސްވެފައިވާކަހަލައެވެ. ގޭސް އާއި ޑީސަލް ލިބޭނެގޮތެއް ނެތެވެ. ޔޫރަޕްގެ ގައުމުތަކަށް މިވަގުތު އެންމެ މަދުން ލިބިފައިވާ އެއްޗަކީ ގޮތެއް ނިންމުމުގެ ވަގުތެވެ. މިއީ މީގެކުރިން ދުވަހަކުވެސް ޔޫރަޕްގެ ގައުމުތަކުން ކޮށްފައިވާތަޖްރިބާއެއް ނޫނެވެ. ގޮތެއް ނިންމުންވެސް ފަސޭހައެއް ނޫނެވެ. ގޮތެއް ނުނިންމާ ތިބުން އަދި މާ އުދަނގުލެވެ.
އީރާނުގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުގައި ޔޫރަޕްގެ ގައުމުތަކުން ބުރަވެވޭނީ އެމެރިކާގެ ކޮޅަށެވެ. އެމެރިކާ ދޫކޮށްލުމަކީ ޔޫރަޕްގެ ގައުމުތަކަށް ކުޅަދާނަކަމަކަށް ނުވާނެއެވެ. ޔޫރަޕްގެ ގައުމުތަކުން ބޭނުންވަނީ މެދުއިރުމަތި ހަލާކު ކޮށްލުމެވެ.
އެމެރިކާއާއި ޔޫރަޕް ގުޅިއްޖެނަމަ ގަލްފް ސަރަހައްދުގެ ކަނޑުއަޑިން އަޅާފައިހުރި މުވާސަލާތީ ކޭބަލްތައް ބުރިކޮށްލާނެކަމަށް އީރާނުގެ މުހްސިން ރަޒާއީ ވަނީ އިންޒާރު ދެއްވާފައެވެ. އަދި ހަނގުރާމަހުއްޓުމަށް އީރާނުން ހުށައަޅާފައިވާ ހަތް ޝަރުތަށް އެމެރިކާއިން ދީފައިވާ ޖަވާބު ފުރިހަމަ ނޫންކަމަށްވެސް ރަޒާއީ ވިދާޅުވެފައިވެއެވެ. ކަނޑުއަޑީގެ ކޭބަލްތައް ބުރިކޮށްލުމަކީ ޔޫރަޕްގެ ގައުމުތައް ހަލާކުވެގެން ދިއުން ކަމުގައި ވެގެންދާނެއެވެ. އަދި މުޅި ދުނިޔެ އަނގަވަތަށް ބަންޑުން ވެއްޓުމާ އެއްފަދަ ވެގެންދާނެއެވެ. ދުނިޔޭގެ މާލީ ނިޒާމް ބޮއްސުންލައިގެން ދާނެއެވެ. އެމެރިކާގެ އައި ޓީ ކުންފުނިތަކަކަށް އީރާނުގެ ގިނަ ހަމލާތަކެއް އަމާޒުކުރެވިގެންދާނެކަމަށްވެސް އީރާނުންގެންދަނީ އިންޒާރު ދެމުންނެވެ.
ޔޫރަޕްގެ ގައުމުތަކުން ގޮތެއް ނިންމުން މާދަމާއަށް ލަސްކުރެވޭކަށް ނޯންނާނެއެވެ. އީރާނުގެ އިންޒާރުގައި ބުނެފައިވެއެވެ.
![]()
