ވާދަވެރި މެޗަކަށްފަހު އެފްއޭ ކަޕްގެ ތަށި އާސެނަލް އިން ކާމިޔާބު ކޮށްފި!

Loading

Facebook
Twitter
WhatsApp

ވާދަވެރި މެޗަކަށްފަހު ފަހަތުން އަރާ ޗެލްސީ ބަލިކޮށް އެފްއޭ ކަޕްގެ ތަށި އާސެނަލް އިން ކާމިޔާބު ކޮށްފިއެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗް އާސެނަލް އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއި އެކު މިއީ އާސެނަލް އިން އެފްއޭ ކަޕް ކާމިޔާބު ކުރި 14 ވަނަ ފަހަރެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ފުރަތަމަ ލީޑް ނެގީ ޗެލްސީ އިންނެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ފޯވާޑް ކްރިސްޓިއަން ޕްލިސިޗެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ، 28 ވަނަ މިނިޓުގައި ލިބުނު ޕެނެލްޓީއަކުން މެޗްގެ ނަތީޖާ އާސެނަލް އިން ވަނީ ހަމަހަމަ ކޮށްފައެވެ.

މެޗްގައި ޗެލްސީ އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މެޗްގެ 67 ވަނަ މިނިޓުގައި އާސެނަލް އިން ދެވަނަ ލަނޑެއް ޖަހާ ކުރިހޯދިއެވެ. އާސެނަލް ގެ ދެގޯލް ވެސް ކާމިޔާބު ކޮށްދިނީ އެޓީމުގެ ފޯވާޑް، އޮބާމަޔަންއެވެ. މެޗުގެ 73 ވަނަ މިނިޓުގައި ޗެލްސީގެ މިޑްފީލްޑް ކުޅުންތެރިޔާ މަޓެއޯ ކޮވެސިޗަށް ދެވަނަ ރީނދޫ ކާޑަކާއި އެކު ރަތް ކާޑު ދެއްކުމުން ޗެލްސީއަށް މެޗް އިތުރަށް އުނދަގޫ ވިޔެވެ. މިމެޗުގައި ރެފްރީގެ ނިންމުންތަކަށް ވަނީ ވަރަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒު ވެފައެވެ.

އާސެނަލްއަކީ 14 ތައްޓާއި އެކު މިވަގުތު އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމެވެ. ދެވަނައިގައި އޮތް މެނަޗެސްޓަރ ޔުނައިޓެޑް އިން ކާމިޔާބު ކޮށްފައިވަނީ 12 ތަށްޓެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް