ސައުދީއާއި އީރާންގެ ހަމަނުޖެހުން މަސަލަސްވެފައިވަނީ ޕާކިސްތާނުގެ މުހިންމު ދައުރެއް އޮވެގެން- ބޮޑުވަޒީރު އިމްރާން ޚާން

Loading

Facebook
Twitter
WhatsApp

ސައުދީއާއި އީރާންއާއި ދެމެދުގެ މައްސަލަތައް އިތުރަށް ގޯސްވިޔަނުދީ މަސަލަސްވެފައިވަނީ ޕާކިސްތާނުގެ މުހިންމު ދައުރެއް އެކަމުގައި އޮވެގެން ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ އަލް-ޖަޒީރާ އަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއު އެއްގައެވެ.

ބުދަ ދުވަހު އިމްރާން ޚާން ދިން އިންޓަރވިއުގައި އިތުރަށް ވިދާޅުވީ ސަރަހައްދީ ދެބާރު ކަމަށްވާ އީރާންއާއި ސައުދީގެ ދެމެދުގައި އަސްކަރީ ވާދަވެރިކަން ގަދަވެއްޖެނަމަ، މެދު އިރުމަތީގެ ހާލަތު ގޯހުން ގޯހަށް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ހަމައެހެންމެ، ނަތީޖާ ފެންނަލެއް ލަސްކަމުގައި ވީނަމަވެސް އިސްލާމްއާބާދާއި އެކުވެސް ސުލްހައިގެ މަޝްވަރާތައް ކުރިޔަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

“our meditation between Iran and Saudi Arabia has not stopped and we are making progress but slowly”

އިމްރާން ޚާންގެ އިންޓަރވިއުގައި ވިދާޅުވިއެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ ސައުދީއާއި އީރާންއާއި ދެމެދު ހަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށާއި އަދި އެމަސައްކަތް ކާމިޔާބު ވެފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޔާދު އަދި ޓެހްރާންގެ ދެމެދުގައިވެސް މައިރިޔަޑްގެ މައްސަލައާއި ގުޅިގެން ވަނީ ކަންބޯޑުވުންތަކެއް އުފެދިފައެވެ. އަދި މިކަންބޮޑުވުންތަކުގެ ތެރެޔަށް ޔަމަނުގައި ހިނގާ ހަނގުރާމަތަކުގެ ސަބަބުން މިވަނީ ބޮޅެއް އިތުރުވެފައެވެ.

އެވާހަކަތަކަށް ފަހު ޚާން ވަނީ އިންޑިޔާގެ މައްސަލަތަކުގެ ވާހަކައަށްވެސް އަލިއަޅުވާލައިފައެވެ. އިންޑިޔާ މިވަގުތު ވަނީ އާރް.އެސް.އެސް އޭކިޔުނު ހައްދުފަހަނައަޅައިފައިވާ ބައެއްގެ އަޅުވެތިކަމުގައި ކަމަށް ޚާން ވަނީ ސިފަކޮށްފައެވެ.

ކަޝްމީރުގެ މުސްލިމުންނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ދެވެން އޮތް ހުރިހާ މަގަކުން ގޮސްފައިވީނަމަވެސް، އިންޑިޔާ ސަރުކާރުން އިޤްތިސާދީ ފައިދާތަކަކަށްޓަކާ އެކަމާ ދެކޮޅު ހަދާފައިވާ ކަމަށް އޭނާވަނީ ފާހަގަ ކޮށްފައެވެ. ކަޝްމީރު އޮތީ އިންޑިޔާގެ ”އޯޕަން އެއަރ“ ޕްރިސަންއެއްގައި ކަމަށް ޚާން ސިފަކުރިއެވެ.

ސައުދީގެ ޖަރނަލިސްޓް ޖަމާލް ކާޝޯގީގެ މަރާއި ގުޅިގެން ތުރުކީއާއި ސައުދީގެ ދެމެދުގައި ޖެހިފައިވާ މައްސަލަތަކުގައި ވަކި ކޮޅަކަށް ނުޖެހޭނެކަމަށްވެސް އިމްރާން ޚާންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައެވެ. އަދި މިދިޔަ އަހަރު މެލޭޝިޔާގައި ބޭއްވި މުސްލިމުންގެ ސަމިޓަކަށް އޭނާ ހާޒިރުނުވުމުން އެކަމާ ނޫސްވެރިން ސުވާލުކުރުމުން ބުނެފައިވަނީ، އެކަން އެގޮތައް ކުރީ މުސްލިމް ޤައުމުތަކުގެ މަސްލަހަތަށް ވިސްނައިފައި ކަމަށެވެ.

Loading

One Response

  1. އިމްރާ ޚާން ކަހަލަ ގައުމިއްޔަތުކަން ހުރި ދިވެހިންވެސް އެބަތިބި. ނަމަވެސް ސިސްޓަމް ކަރަޕްޓްކަމުން ވެރިކަމުގެ ގޭސްގަނޑާ ކައިރިނުވެ ކޮންޕޯޓް ޒޯންގައި ތިބެނީއެވެ. އެހެނަސް ކޮންފޯޓް ޒޯންގައި އެ ތިބޭ ތިބުމަކީ ގައުމަށް ވެވޭ ޚިޔަނާތެއްކަން އެބޭފުޅުން ގަބޫލެއް ނުކުރައްވައެވެ. އެ ކޮންފޯޓް ޒޯންގައި އެ ތިއްބެވެނީވެސް ދައުލަތުން ލިބިދެވިފައިވާ ރަށެއްގައި ރެސޯޓެއް ހެއްދެވިގެން ނުވަތަ ދައުލަތުގެ ރެސޯސް އެއްޒަމާނެއްގައި ބޭނުންފުޅު ކުރައްވައިގެން ޢާމްދަނީ ލީބޭތީކަން އެބޭފުޅުން ހަދާނެއްނެތެވެ. ޕާކިސްތާނަށް އިތުރު ހަމަޖެހުމާއި ކުރިއެރުން އެދެމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް

// Function to insert the first ad after the 2nd paragraph function insertFirstAdvertisement() { var adContainer = document.querySelector('.elementor-element-c6809bc'); var firstAdHtml = ` `; var paragraphs = adContainer.querySelectorAll('p'); if (paragraphs.length >= 2) { paragraphs[1].insertAdjacentHTML('afterend', firstAdHtml); } } // Function to insert the second ad after the final paragraph function insertSecondAdvertisement() { var adContainer = document.querySelector('.elementor-element-c6809bc'); var secondAdHtml = ` `; var paragraphs = adContainer.querySelectorAll('p'); var lastParagraph = paragraphs[paragraphs.length - 1]; if (lastParagraph) { lastParagraph.insertAdjacentHTML('afterend', secondAdHtml); } } // Call the function to insert advertisements insertFirstAdvertisement(); insertSecondAdvertisement();