އިއްޔެ 153 ފަރާތެއް ކޮވިޑު19 އަށް ފައްސި ވެއްޖެ!

Loading

Facebook
Twitter
WhatsApp
covid maldives

އިއްޔެ ރާއްޖެއިން 153 ފަރާތެއް ކޮވިޑު-19 އަށް ފައްސި ވެއްޖެއެވެ. މީގެ ތެރެއިން ބޮޑު އިންސައްތައެއްގެ މީހުންނަކީ ދިވެހިންކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން މިއަދު 116 ދިވެހިން ބައްޔަށް ފައްސިވެފައިވާއިރު، ދެން ބައްޔަށް ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 22 ފަރާތަކާއި، އިންޑިޔާގެ 11ފަރާތަކާއި، އަދި އިންޑޮނެޝިޔާ، އެޖިޕްޓް، ބްރިޓޮން އަދި ކެންޔާ، މިއިން ކޮންމެ ޤައުމަކުން 1 ފަރާތެވެ. މީގެ ތެރެއިން 148 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ފެނިފައިވަނީ ޖުމްލަ 5 ކޭސްއެވެ.

މިއަދަދާއިއެކު ޖުމްލަ ބައްޔަށް ފައްސިވީ މީހުން އަދަދު 4446އަށް އަރާފައިވާއިރު، އެކްޓިވް ކެސްތަކުގެ އަދަދަކީ 1719 އެވެ. މީގެ ތެރެއިން 105 ފަރާތެއް މިވަގުތު ހަސްފަތާލުގައި އެނދުމަތި ކުރެވިފައި ވެއެވެ.

އިއްޔެވަނީ މިބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެފައެވެ. ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 19 އަށް އަރައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް