ޓޫރިޒަމް މިނިސްޓަރ ކަން ޑރ. މައުސޫމް އަށް.

Loading

Facebook
Twitter
WhatsApp

ޓޫރިޒަމް މިނިސްޓަރގެ މަޤާމަށް ޑރ.ޢަބްދުﷲ މައުސޫމް އައްޔަން ކުރައްވައިފިއެވެ. މިކަންވަނީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ކުރެއްވި ޓްވިޓެއްގައި ހާމަ ކުރައްވައިފައެވެ. ހޫދު ވިދާޅުވި ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެމަޤާމަށް ޑރ.މައުސޫމް އައްޔަން ކުރައްވައި މަޤާމުގެ ފަތްކޮޅުވަނީ ހަވާލު ކުރައްވާފައެވެ. އެމަނިކުފާނު މަގާމަށް އައްޔަންކުރެވިފައިވަނި ޖުމްހޫރީ ޕާޓޫގެ ސްލޮޓެއްގައެވެ.

ޑރ.މައުސޫމް މިހާތަނަށް ހުންނެވީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ. ޑރ. މައުސޫމް ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް ޓޫރިޒަމް މިނިސްޓަރ ކަމާއި އެންވާރަމެންޓް މިނިސްޓަރ ކަން ކުރައްވައިފައެވެ. އަދި އައު ޤާނޫނު އަސާސީގެ ދަށުން އިންތިޙާބުކުރެވުނު ފުރަތަމަ ރައްޔިތުންގެ މަޖިލީހުގައި ކެލާ ދާއިރާގެ މެންބަރުކަމުގެ މަޤާމުވެސް އެމަނިކުފާނު ވަނީ ފުރުއްވިއެވެ. އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވަރސިޓީއިން ޑޮކްޓަރ އޮފް ފިލޯސޮފީ ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.

ގިނަސިޔާސީ ބޭފުޅުން ދެކޭގޮތުގައި މި ޗެލެންޖިން ދުވަސްވަރު ޑރ. މައުސޫމުގެ ތަޖުރިބާއާއި އަޚުލާގީމިންގަޑަށް ބަލައި ޓުއަރިޒަމް މިނިސްޓަރުކަމަށް އެންމެއެކަށިގެންވާ އެއްބޭފުޅަކީ އެމަނިކުފާނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް