މެލޭޝިޔާގެ ފުލުހުން އަލްޖަޒީރާގެ ކުއަލަ ލަމްޕުރް އޮފީހަށް ވަދެ އެތަނުގެ ބައެއް ވަސީލަތްތައް ގަދަކަމުން އަތުލައި ގެއްލުންތަކެއް ދީފިއެވެ. މިކަން އަލްޖަޒީރާއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
އަންގާރަ ދުވަހު މެލޭޝިޔާގެ ފުލުހުން ހިންގި މިއޮޕަރޭޝަން ހިންގައިފައިވަނީ، އެޤައުމުގެ މުއާސަލާތާއި އަދި މަލްޓިމީޑިޔާ ޓެކްނޮލޮޖީއާއި ބެހޭ ޤާނޫނާއި ޚިލާފުވީ ކަމަށް ބުނެ އަލްޖަޒީރާގެ މައްޗައް ތަހުގީގެއް ހިންގާކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައި ވަނިކޮށެވެ. މިތަހުގީގު ގުޅުފައިވަނީ ޖުލައި 3 ވަނަ ދުވަހު އަލްޖަޒީރާއިން ދެއްކި، “101 އީސްޓް” ކިޔާ ޕްރޮގްރާމަކާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެޕްރޮގަރާމްގައިވަނީ މެލޭޝިޔާގެ ސަރުކާރުން، ކޮވިޑު19 ގެ ދުވަސްވަރުގައި، އެޤައުމުގެ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަޔްތެރިންނާއި މެދު ކަންކުރަމުންދާ ނުހަމަގޮތާއި ބެހޭގޮތުން ވާހަކަ ދައްކައިފައެވެ.

އަލްޖަޒީރާގެ މެނޭޖިންގ ޑިރެކްޓަރ، ގައިލްސް ޓްރެންޑަލް ވަނީ މިކަމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެތަނުގެ މުއައްޒަފުންގެ މައްޗަށް ކުރަމުން ގެންދާ ތަޙުގީގުތައް ހުއްޓާލުމަށް މެލޭޝިޔާގެ ސަރުކާރަށް ގޮވާލައިފައެވެ. އޭނާ ބުނެފައިވަނ :
“Al Jazeera stands with our journalists and we stand by our reporting. Our staff did their jobs and they have got nothing to answer or apologise for, Journalism is not a crime”
މިކަން ހިނގުމުގެ މަހެއްހާ ދުވަސްކުރިން، އަލް ޖަޒީރާ އިން ނެރުނު “ލޮކްޑް އަޕް އިން މެލޭޝިޔާސް ލޮކްޑައުން” ކިޔާ ޑޮކިޔުމެންޓްރީ އާއި ގުޅިގެން އެތަނުގެ 7 ނޫސްވެރިއަކަށް މެލޭޝިޔާ ފުލުހުންވަނީ ސުވާލުކޮށްފައެވެ. އަދި މިނޫސްވެރިންނަށްވަނީ އެކިފަހަރު މަތިން ބިރުދެއްކުންތަކާއި މަރުގެ އިންޒާރުތައް ލިބިފައެވެ. މި ޑޮކިޔުމެންޓަރީ އަށް އިންޓަވިޔު ދިން، ބަނގްޅަދޭޝްގެ މުޙައްމަދު ރައިހާން ކަބީރް
ވެސް ވަނީ މެލޭޝިޔާގެ ފުލުހުން ހައްޔަރު ކޮށްފައެވެ. ކަމާބެހޭ އިދާރާތަކުން ބުނަމުން ދަނީ އޭނާ އެޤައުމަށް އަނބުރާ ނާދެވޭނެހެން ޑީޕޯޓް ކޮށްލާނޭ ކަމަށެވެ.
ނޫސްވެރިންގެ ޙައްޤުގައި މަސައްކަތްކުރާ ވަރަށްގިނަ ފަރާތްތަކުންވަނީ މެލޭޝިޔާ ސަރުކާރުގެ މި ހަރުކަށި ޢަމަލު ކުށްވެރި ކޮށްފައެވެ. އެޤައުމުގައި އޮންނަ އިންސާނީ ޙައްގުތައް ރަށްކާތެރިކޮށްދިނުމަށް ބާރުއަޅާ ޖަމިއްޔާއެއް ކަމުގައިވާ “އެމްނެސްޓީ އިންޓަރނޭޝަނަލް މެލޭޝިޔާ” އިން ވަނީ މިކަން ކުށްވެރިކޮށް ޓްވީޓު ކޮށްފައެވެ.
Al-Jazeera's office in KL was raided by police authorities today.
The government's crackdown on migrants and refugees, as well those speak up in their defense, is clearly meant to silence and intimidate and should be condemned.
Protect migrants. Protect freedom of expression.
— Amnesty International Malaysia (@AmnestyMy) August 4, 2020
މިޢަމަލަކީ ނޫސްވެރިކަމާއި ދެކޮޅަށް ހިންގި ފިނޑި ޢަމަލެއް ކަމަށް ދުނިޔޭގެ ގިނަބަޔަކު ޤަބޫލު ކުރެއެވެ. އަދި މީގެ އަލްޖަޒީރާގެ އޮފީހުގެ އިތުރުން އެހެން ބައެއް އިންޑެޕެންޑެންޓް މީޑިއާތައްވެސް ވަނީ ރޭޑްކޮށް އެތަންތަނުގެ ބައެއް ވަސީލަތްތައްވެސް ކޮންފިސްކޭޓް ކޮށްފައެވެ. އޭގެ ތެރޭގައި އެގައުމުގެ އެންމެ ބޮޑު ކޭބަލް ނެޓްވޯކް އެސްޓްރޯ އާއި ޔުނިފައި ޓީވީ ވެސް ހިމެނެއެވެ.