ކޮވިޑު-19 ގެ ޝިކާރައަކަށް އިތުރު 148 މީހަކު ވެއްޖެ!

Loading

Facebook
Twitter
WhatsApp

އިއްޔެ ރާއްޖެއިން 148 މީހަކު ކޮވިޑު -19 އަށް ފައްސި ވެއްޖެއެވެ. މީގެ ތެރެއިން 2 ކޭސް ފިޔަވާ އެހެން ހުރިހާ ކޭސްތަކެއް ފެނިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. އިއްޔެވެސް ފައްސިވީ މީހުންގެ ބޮޑު އިންސައްތައަކީ ދިވެހިންނެވެ. އެގޮތުން 117 ދިވެހިން ބައްޔްށް ފައްސިވެފައިވެއެވެ. އޭގެ އިތުރުން ބަނގްޅަދޭޝްގެ 22 މީހަކާއި، އިންޑިޔާގެ 7 މީހަކާއި ، ނޭޕާލްގެ އެކަކު އަދި ސީޝެލްގެ އެކަކު ފައްސިވެފައިވެއެވެ.

ފައްސިވެފައިވާ މީހުންގެ ތެރެއިން 110 ފަރާތެއް އެނދުމަތި ކުރެވިފައިވާއިރު، 1282 ފަރާތެއް ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ބޭތިއްބިފައެވެ. މިވަގުތު ރާއްޖެއިން ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދަކީ 4594 އެވެ. އަދި މީގެ ތެރެއިން އެކްތިވް ކޭސްތަކުގެ ގޮތުގައި 1869 ކޭސް ވަނީ ފާހަގަވެފައެވެ.

ކޮވިޑު19 ރާއްޖެގައި ކޮންޓްރޯލް ކުރުމަށްޓަކާ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ތަބާވެ ރައްޔިތުންގެ ފަރުދީ ޒިންމާ ފުރިހަމަޔަށް އަދާކުރުން ވަރަށް މުހިންމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް