ރެކޯޑް އަދަދަކަށް ދިވެހިން ކޯވިޑު-19 އަށް ފައްސި ވެއްޖެ!

Loading

Facebook
Twitter
WhatsApp

އިއްޔެ އެކެނިވެސް ކޮވިޑަށް 215 މީހަކު ފައްސި ވެފައިވާއިރު، އިއްޔެއަކީ މިހާތަނަށް އެންމެ ގިނަ ދިވެހިން ބައްޔަށް ފައްސިވީ ދުވަހެވެ. އިއްޔެ ވަނީ 149 ދިވެހިން މިބައްޔަށް ފައްސި ވެފައެވެ. އޭގެ އިތުރުން އިއްޔެ ފައްސިވެފައި ވަނީ ބަނގްޅަދޭޝްގެ 54  މީހަކާއި، އިންޑިޔާގެ 7 މީހަކާއި، ސްރީލަންކާގެ 2 މީހަކާއި، ނޭޕާލްގެ 2 މީހަކާއި، އަދި އިންޑޮނޭޝިޔާގެ އެކަކެވެ.

މީގެ އިތުރުން ރޭގެ ވަގުތެއްގައިވަނީ މިބަލީގައި 18 ވަނަ މީހަކު ރާއްޖެއިން ނިޔާވެފައެވެ. އެއީ 89 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗް.ޕީ.އޭ އިން ވަނީ ހާމަ ކޮށްފައެވެ.

އިއްޔެ ފައްސިވީ މީހުންނާއެކު ބައްޔަށް ފައްސިވީ ޖުމްލަ މީހުންގެ އަދަދުވަނީ 4164 އަކަށް އަރައިފައެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1489 ކޭސް ފާހަގަ ކުރެވޭއިރު 84 މީހަކު ވަނީ މިބަލީގައި ހަސްފަތާލުގައި އެނދުމަތި ކޮށްފައެވެ.

ފަހަކަށް އައިސް މިބަލި ޖެހޭ ދިވެހިންގެ އަދަދު އިތުރު ވަމުންދާއިރު، ބަލިޖެހޭ ”ހައި ރިސްކް“ ކެޓެގަރީގެ މީހުންގެ އަދަދު ވެސް ދަނީ އިތުރު ވަމުންނެވެ. މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ގައިދުރުކަން ބެހެއްޓުމަށާއި، ކޮންމެހެން ދާންޖެހިގެން ނޫނީ  ގެއިން ބޭރަށް ނުދިޔުމަށާއި، ބޭރަށްދާނަމަ މާސްކް އެޅުމަށް ދަނީ ކެނޑިނޭޅި އިލްތިމާސް ކުރަމުންނެވެ.

Loading

One Response

  1. ޔެސް، އިއްޔެ 215 ނިއު ކޭސަސް. ދެން މިރޭގެ ރިޕޯޓުގެ އިންތިޒާރުގައި މިތިބެވެނީ. ވަރަށް ކަންބޮޑުވެފައި ދެރަވޭ. އެންމެންވެސް ވަރަށް ޒިންމާދާރުކޮށް އުޅެމާ. މަޖިލިސްގެ ރައީސް އާއި އެނާ އެގެންގުޅޭ ކުދިންކޮޅުވެސްމެއެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް