ކޮވިޑު-19 ގެ ކޭސްތައް އިތުރުވަމުން ދިޔުމާއި ގުޅިގެން ފިޔަވަޅުތައް ހަރުކަށިކޮށްފި!

Loading

Facebook
Twitter
WhatsApp

ކޮވިޑު 19 ރާއްޖެގައި ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފިއެވެ. މިބަދަލުތައް އިއުލާން ކޮށްފައިވަނީ މިއަދު ހަވީރު ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ކުރިޔަށް ގެންދިޔަ ޕްރެސް ކޮންފަރަންސްގައެވެ.

މިގޮތުން ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއްބަދަލަކީ ރޭގަނޑު 10 އަކުން ފަތިހު 5އަކަށް ބޭރަށް ނިކުތުން މަނާކުރުމެވެ. އަދި 9:30ގައި ހުރިހާ ވިޔަފާރިތައް ބަންދުކުރުމަށް ވެސް ވަނީ އަންގާފައެވެ. އަދި ރޭގަނޑު 10ގެ ފަހުން ޑެލިވެރީ ނުވަތަ ޓޭކްއަވޭ ޚިދުމަތްތައް ދިނުން ވެސް ވަނީ މަނާކޮށްފައެވެ.

އޭގެ އިތުރުން ރަށްރަށުގެ ރައްޔިތުންވެސް މާސްކް އެޅުމަށް އެހް.ޕީ.އޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއަށް އަރާ ފޭބުން ވެސް ވަނީ މަނާކޮށްފައެވެ.

ހަމައެއާއިއެކު ކުޅިވަރު ހަރަކާތްތައް ފަދަ ކަންކަން ނުބޭއްވުމަށް ވެސް އެފަރާތުންވަނީ އެދިފައެވެ. އަދި 5 މީހުންނަށް ވުރެން ގިނަ ވާގޮތަށް މާލެ ސަރަހައްދުގައި އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.

މިއެންގުންތަކާއި ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ފުލުހުންގެ ފަރާތުން ސީ.އެސް.ޕީ ޢަބްދުﷲ ޝަރީފް ވަނީ ވިދާޅުވެފައެވެ.

Loading

One Response

  1. އަތައް ގޮވީމާބާ ހޭވެރި ކަމެއްވީ!! ފަހަރިން، ޅިޔަނުން، ގާތްއެކުވެރިން ގޮވައިގެން ޤައުމުެއް ނުހިންގޭނެ! މާތް ﷲ ގަންދީ ކުރާ ހުވައިގެ ބަުދަން ދަސްކުރުން ބުއްދިވެރި!!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް